ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ކުޑަކުދިންގެ ޙިފްޡު ކުލާސްތަކަށާއި ބޮޑެތި މީހުންގެ ޙިފްޡު ކްލާސްތަކުން ހުސްވެފައިވާ ޖާގަތަކަށް ދަރިވަރުން ނެގުމަށް

ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ކުރިއަށްގެންދާ ކުޑަކުދިންގެ ޙިފްޡު ކުލާސްތަކަށާއި ބޮޑެތި މީހުންގެ ޙިފްޡު ކްލާސްތަކުން ހުސްވެފައިވާ ޖާގަތަކަށް ދަރިވަރުން ނެގުމަށް ބޭނުންވެއެވެ.

ކުޑަކުދިންގެ ޙިފްޡު ކުލާސްތައް

ޝަރުޠު:            

1- ޢުމުރުން 7 އަހަރު ފުރިފައިވުން.

2- ކީރިތި ޤުރްއާނުގެ ކޮންމެ ތަނެއްވެސް ބަލައިގެން ފަރިތަކަމާއެކު ކިޔަން އެނގުން.

3- ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ދޭ ޓެސްޓާއި އިންޓަރވިއުއިން ފާސްވުން.

ބޮޑެތި މީހުންގެ ޙިފްޡު ކުލާސް

ޝަރުޠު:            

1- ކީރިތި ޤުރްއާން ފަރިތަކަމާއެކު ތަޖުވީދުގެ ހަމަތަކުން ކިޔަން އެނގުން.

2- ޢުމުރުން 18 އަހަރު ފުރިފައިވުން.

3- ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ދޭ ޓެސްޓާއި އިންޓަރވިއުން ފާސްވުން.

ވީމާ، މިކްލާސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު 02 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުން ފެށިގެން މިމަރުކަޒުން ދޫކުރަމުން ގެންދާނެއެވެ. މި ކްލާސްތަކުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 31 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން ފޯމު ފުރުއްވުމަށްފަހު އައިޑީކާޑުގެ ކޮޕީއާއެކު މިމަރްކަޒަށް ހުށަހެޅުއްވުން އެދެމެވެ. ބޮޑެތި މީހުންގެ ޙިފްޡު ކްލާހަށް ބައިވެރިން ހޮވުމުގައި ދަސްކޮށްފައިވާ ފޮތުގެ އަދަދަށާއި ޤާރީކޯސް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

                               05    ޞަފަރު   1436       

27 ނޮވެންބަރު 2014
ހޯދާ