ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭމަންޑޫ 3 ނަންބަރު ޤަބުރުސްތާން ޖާގަ އިތުރު ކުރުމަށް ބޭނުންވާ ބިމުގައިވާ ރުއްގަހުގެ ބަދަލު މައްސަލަ ހަމަޖެއްސުމާއިގުޅޭ

ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ

     ވޭމަންޑޫ

    ދިވެހިރާއްޖެ                                

 

 

 

 

 

            ވޭމަންޑޫ ޤަބުރުސްތާނަށް ޖާގަ އިތުރުކުރު ކުރުމަށްޓަކައި އިތުރުކުރާ ބިމާއި ބިމުގެ ވަށާގެންވާ މަގުތައް ހެދުމުގެގޮތުން އެބިމަށް އަރާ ރުއްގަހާއި، ވަށާގެންވާ މަގުމަގަށް އަރާ ރުއްގަހުގައި ނަންބަރު ޖަހާފައިވާނެއެވެ.

             ވީމާ، ޤާނޫނު ނަމްބަރު 1998/21 ( މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫން ) އާއި އެއްގޮތައް ހުއްދަލިބިގެން އިންދާ ހައްދާފައިވާ ރުއްގަހުގެ ބަދަލުގެ މައްސަލަ ހަމަޖެއްސުމަށްޓަކައި އެރުއްގަހުގެ ވެރިން، 31 ޖެނުއަރީ 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ވޭމަންޑޫ ކައުންސިލަށް ވަޑައިގެން ރުއްގަހުގައި ޖަހާފައިވާ ނަންބަރު ތައް ނޯޓުކުރެއްވުމަށް ދެންނެވީމެވެ. އަދި މިދެންނެވި ރުއްގަހުގެ ތެރެއިން ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އިންދާފައިވާ އެއްވެސް ރުއްގަހަކަށް ބަދަލު ދެވެން ނޯންނާނެކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އިންދާފައިހުރި އެރުއްގަސް އިންދި ފަރާތްތަކުން ރުއްގަސްތައް، 05 ފެބުރުއަރީ 2023 ވާ އާދީއްތަ ދުވަހުގެ ކުރިން ނެންގެވުން އެދެމެވެ. އިޢުލާންގެ މުއްދަތު ހަމަވާއިރު ވެރިފަރާތް ނާންގައިހުރި ޤާނޫނާއި ޚިލާފަށް އިންދާފައިހުރި ރުއްގަސް މިކައުންސިލުން ނަގައި ނައްތާލެވޭނެއެވެ.

             މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢްލާން ކުރީމެވެ.

09 ޖަނަވަރީ 2023
ހޯދާ