މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އިމާރާތްކުރުމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ވިޔަފާރިތަކުގެ ދަފުތަރަށް މަޢުލޫމާތު ފޯރުކޮށްދިނުން

އިޢުލާން

އިމާރާތްކުރުމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ވިޔަފާރިތަކުގެ ދަފުތަރަށް މަޢުލޫމާތު ފޯރުކޮށްދިނުން

އިމާރާތްކުރުމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ވިޔަފާރިތަކުގެ ދަފްތަރެއް އެކުލަވައިލައި ޝާއިޢުކުރުމަށްޓަކައި، އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުނި (ފޮރިން ކޮންޓްރެކްޓަރުން ހިމެނޭ ގޮތަށް) އަދި ޕާރޓްނަރޝިޕް ތަކުން، 18 ޑިސެންބަރު 2014 ގެ ކުރިން ތިރީގައިވާ ކަންތައްތައް ފުރިހަމަކުރުމަށް އެދެމެވެ. 

ކުންފުނީގެ އަސާސީ ގަވާއިދުގައި، ވިޔަފާރިކުރުމަށް ކަނޑައަޅާފައިވާ ދާއިރާ، މިމިނިސްޓްރީގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ (International Standard Industrial Classification (ISIC)) އަށް ފެތޭގޮތަށް މަޢުލޫމާތު އަޕްޑޭޓްކުރުން. މިކަންތައް ފުރިހަމަކުރުމަށް، ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރަކާއި، ISIC ލިސްޓުގެ F ސެކްޝަންގައި ހިމެނޭ ދާއިރާތަކުގެ ތެރެއިން ދާއިރާއެއް ނުވަތަ ދާއިރާތަކެއް ކަނޑައަޅާ، އެކަމާބެހޭ މަޢުލޫމާތު ހުށަހެޅުމުން، އަސާސީ ގަވައިދަށް ގެނައި ބަދަލު، އަދި ވިޔަފާރީގެ މަޤުޞަދުގެ ގޮތުގައި ހިމަނާފައިވާ ދާއިރާތައް ރަޖިސްޓަރީކޮށްދެވޭނެ؛ އަދި ކުންފުނީގެ މަޢުލޫމާތު އަޕްޑޭޓްކުރުމުގެ ގޮތުން، ތިރީގައިވާ ހުރިހާ މަޢުލޫމާތެއް މިނިސްޓްރީގެ ކައުންޓަރުތަކުން، ނުވަތަ [email protected] އަށް އީމެއިލްކުރައްވައިގެން އަޕްޑޭޓްކުރެވިދާނެއެވެ.

(ހ) ވިޔަފާރީގެ ނަން (ކުންފުނީގެ ނަން އަދި ރަޖިސްޓަރީކޮށްފައިވާ އެހެނިހެން ވިޔަފާރި ނަން ހިމެނޭ ގޮތަށް)

(ށ) ރަޖިސްޓަރީކޮށްފައިވާ އެޑްރެސް، އަތޮޅާއި ރަށް، ގުޅޭނެ ނަންބަރު އަދި ފެކްސް

(ރ) މަސްއޫލުވެރިޔާ، ތަމްސީލުކުރާ ފަރާތް ނުވަތަ މެނޭޖިންގ ޑިރެކްޓަރުގެ ނަން، ގުޅޭނެ ނަންބަރު، އީމެއިލް އެޑްރެސް އަދި ވެބްސައިޓްގެ ތަފުސީލު

(ޅ) ވިޔަފާރީގެ ދާއިމީ މުވައްޒަފުންގެ އަދަދު (ދިވެހިން އަދި ބޭރުމީހުންގެ އަދަދު ވަކިން)

(ކ) އެނުއަލް އިންކަމް ނުވަތަ ޓާރންއޯވަރ (އެންމެ ފަހުގެ އަހަރީ ހިސާބުތަކުގައިވާ އަދަދު)

މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާނަމަ، މި މިނިސްޓްރީގެ ފޯން 3333193 އަށް ގުޅުއްވުން އެދެމެވެ.

9 ޞަފަރު 1436

 

01 ޑިސެންބަރު 2014
ހޯދާ