ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޔުނިވަރސިޓީގެ އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާނު (އެންޓްރެންސް އެގްޒޭމް) ބޭއްވުމާ ބެހޭ

2023 ޖަނަވަރީ 14 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ބޭއްވުމަށް ކުރިން ތާވަލުކުރެވުނު، އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާނުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ބުރުގެ އިމްތިޙާނު މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ، 2023 ޖަނަވަރީ 21 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައެވެ.

މާލޭގައި މި އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ 4 ވަނަ ފަންގިފިލާގެ A4-14 ވަނަ ކުލާސްރޫމުގައެވެ. ކެމްޕަސްތަކުގައިނަމަ އިންތިޙާނު ހެދުމަށް ހަމަޖެހިފައިވަނީ، އެ ކެމްޕަހެއްގައެވެ. މީގެ އިތުރުން، އައުޓް ރީޗް ސެންޓަރުތަކުގައި، މިއިންތިޙާން ބާއްވާނަމަ، މި އިމްތިޙާނުގައި ބައިވެރިވެވޭނީ، ހަމައެކަނި، އެސެންޓަރެއްގައި ރަޖިސްޓްރީވެގެން ކިޔަވަމުންދާ ދަރިވަރުންނަށެވެ. މި އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓުން، އިމްތިޙާނު ފެށުމުގެ 30 މިނެޓް ކުރިން އިމްތިޙާން އޮންނަ ހޯލަށް ހާޒިރުވާންވާނެއެވެ.

ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކުގެ އިނގިރޭސިބަހުގެ ޝަރުޠު ހަމަނުވިކަމުގައިވީ ނަމަވެސް އެހެން ޝަރުޠުތައް ހަމަވާނަމަ އެފަރާތްތަކުގެ ފޯމު ބަލައިގަންނާނެއެވެ. ނަމަވެސް، ޖާގަ މުޅިން ކަށަވަރުވާނީ އިނގިރޭސި އިމްތިޙާނު ހެދުމަށްފަހު، އެ އިމްތިޙާނުގެ ނަތީޖާ ހުށަހެޅުމުންނެވެ. ވީމާ، ކޯހަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިނގިރޭސި ބަހުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.

 

އިމްތިޙާނުގައި ބައިވެރިވުމަށް ޢަމަލުކުރަންޖެހޭގޮތް:

އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާން (އެންޓްރެންސް އެގްޒޭމް)ގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އިމްތިޙާނުގެ ފީއަށްވާ -/500 ރުފިޔާ (ފަސްސަތޭކަރުފިޔާ) އޮންލައިންކޮށް ނުވަތައިދާރީ މަރުކަޒުގައި ހުންނަ ރެވެނިޔު ސެކްޝަނަށް ދެއްކުމަށްފަހު،  2023 ޖަނަވަރީ 17 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އޮންލައިން އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ.އިމްތިޙާނުގައި ބައިވެރިވުމަށްއެދޭ އޮންލައިން އެޕްލިކޭޝަން ފޯމުގައި، އައި.ޑީ ކާޑުގެ ޕޮޓޯއަކާއި، ޔުނިވަރސިޓީގެ ރެވެނިޔު ސެކްޝަނުން ދީފައިވާ ނުވަތަ އީ-މެއިލުން ފޮނުވާފައިވާ ފީ ދެއްކިކަމުގެ ރަސީދު ހިމަނަންވާނެއެވެ.

އޮންލައިން އެޕްލިކޭޝަން ފޯމް، މި ލިންކު https://mnu.edu.mv/examinations/elct/ އިން ލިބޭނެއެވެ.

އޮންލައިންކޮށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ ބޭންކް ޓްރާންސްފާ މެދުވެރިކޮށެވެ. އޮންލައިންކޮށް ފައިސާ ދައްކަވާ ފަރާތްތަކުން، ފައިސާދެއްކުމަށްފަހު، ޓްރާންސެކްޝަން ރިސިޕްޓް [email protected] އަށް (އިމްތިޙާނުގައި ބައިވެރިވާދަރިވަރުގެ ނަމާއި، އައި.ޑީ ކާޑު ނަމްބަރުގެ އިތުރުން "ELCT 2023, R1" ޖައްސަވާފައި) އީ-މެއިލްކުރެއްވުމުން ފައިސާދެއްކިކަމުގެ ރަސީދު، އީ-މެއިލްއަށް ފޮނުވޭނެއެވެ.

އޮންލައިންކޮށް ފައިސާދެއްކުމަށް ހަމަޖެހިފައިވާ ބޭންކު އެކައުންޓުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

އެކައުންޓް ނަންބަރު:      7701101374001

އެކައުންޓްގެ ނަން :      The Maldives National University

ބޭންކް:              Bank of Maldives

މި އިމްތިޙާނުގެ ނަތީޖާ ތައްޔާރުވުމުން ދަރިވަރުންނަށް އެސް.އެމް.އެސް އެއް ފޮނުވޭނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް  [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

17 ޖުމާދަލްއާޚިރާ 1444

09 ޖަނަވަރީ 2023
ހޯދާ