މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ފޭދޫން ގެއެއް ކުއްޔަށް ހިފުމަށް

މިއޮފީހުގެ ބޭނުމަށް އައްޑޫ ސިޓީ ފޭދޫން ގެއެއް ކުއްޔަށް ހިފުމަށް ކުރި ނަންބަރު IUL)14-A3/1/2014/109) އިޢުލާނަށް ދީފައިވާ މަޢުލޫމާތަށް ބައެއް ބަދަލު ގެނެވިފައިވާތީ، އެއިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 08 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 13:30 އަށް ސ.ގަން ކަސްޓަމްސް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 13:30 އަށް ސ.ގަން ކަސްޓަމްސް އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

05 ޞަފަރު 1436

27 ނޮވެންބަރު 2014
ހޯދާ