ދިވެހިރާއްޖެ
މި އިދާރާގެ މިދަންނަވާ މަޤާމަށް 1 އަހަރު ދުވަހުގެ މުއްދަތަށް ވަގުތީ ގޮތުން މީހަކު ބޭނުންވެއްޖެއެވެ.
މަޤާމު |
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ (ވަގުތީ) |
ރޭންކް |
ޖީ.އެސް.3 |
ކްލެސިފިކޭޝަން |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް1 |
މަޤާމުގެ ނަންބަރު |
254130 |
އޮފީސް/ އިދާރާ |
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ |
ސެކްޝަން/ ޔުނިޓް |
ބަޖެޓް އެންޑް ފައިނޭންސް |
ވަޒީފާ އަދާކުރަންޖެހޭ ތަން |
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ |
މުސާރަ |
4465.00 ރުފިޔާ |
ސަރވިސް އެލަވަންސް |
1500.00 ރުފިޔާ |
ބޭނުންވާ ޢަދަދު |
1 (އެކެއް) |
ތަޢުލީމާއި ތަޖުރިބާ:
- މަޤާމު މަސައްކަތާ ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލްގެ ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތައް:
- ފައިސާ ބަލައިގަތުން (ޖީއެސްޓީ ފައިސާ، އެއްގަމާއި ކަނޑުގެ އުޅަނދުގެ އަހަރީފީ، އެއްގަމާއި ކަނޑުގެ ލައިސަންސް ފީ، އެއްގަމާ ކަނޑުގެ ޓެސްޓްގައި ބައިވެރިވުމަށް ދައްކާފީ، އެއްގަމާ ކަނޑުގެ އުޅަނދު ރަޖިސްޓުރީ ކުރުމުގެ ފީ، އަދި މިނޫންވެސް އެހެނިހެން ފައިސާ ބަލައިގަތުން)
- ލިބޭ ފައިސާ ދުވަހު ފޮތް ލިޔުން.
- ލިބޭ ފައިސާ ޖަމާކުރާ ފޮތް ލިޔެ ބޭންކަށް ފައިސާ ޖަމާކުރުން.
- ލިބޭފައިސާ އެފައިސާއާ ގުޅޭ އައިޓަމަށް ނެގުން.
- އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ސަރުކާރުގެ އޮފީސްތަކަށް ފޮނުވުމަށް ފައިސާ ޓްރާންސްފަރ ކުރާ ފޯމާއި ޓްރާންސްފަރ ރަޖިސްޓަރީ ލިޔެ ތައްޔާރުކުރުން.
- ފައިސާ އަދާކުރަންޖެހޭ ފަރާތްތަކަށް ފައިސާ ދޫކުރުމަށް ވައުޗަރ ލިޔެ ޗެކުތައްޔާރު ކުރުން.
- ވައުޗަރ ރަޖިސްޓަރީ ކުރުން.
- ފައިސާ ލިބެންވާ ފަރާތަށް ފައިސާ ޓްރާންސްފަރ ކުރުމަށް ފަހު އެފައިސާ އެފަރާތައް ފައިސާ ލިބުނުތޯ ބެލުމަށް ފޮނުވަންޖެހޭ ސިޓީ/މެސެޖު ފޮނުވުން.
- ޗެކް ރަޖިސްޓަރީ ކުރުން.
- އައިޓަމް ބާކީ ކުރުން.
- އާމުދަނީ ފައިސާގެ ރިޕޯޓް ތައްޔާރުކޮށް ސަރުކާރުގެ އޮފީސްތަކަށް ފޮނުވުން.
- ނަންބަރު: 7714-700416-002 ,7714-700416-001،7714-700416-004 އެކައުންޓް ބާކީކުރުން.
- ރިކޮންސިލޭޝަން ސްޓޭޓްމަންޓް ތައްޔާރު ކުރުން.
- ސިޓީ، މެސެޖު ލިޔުން.
- ތަކެތި ގަތުމަށް އެދޭ ފޯމުތައް ތައްޔާރުކުރުން (އަގު ބަލައި މުދާ ލިބިގަތުމަށް އެދޭ، އޯޑަރު ފޯމު).
- ފައިލުކުރުން
- މީގެ އިތުރުން އޮފީހުން ކުރަންޖެހޭ ރަސްމީ މަސައްކަތް ކުރުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ސިވިލް ސަރވިސް ކޮމިޝަނުން 01 އެޕްރީލް 2013 ގައި ޢަމަލު ކުރަން ފަށްޓަވާފައިވާ" ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން |
އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު: |
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި ފަހުން ލިޔުމުން އަންގާނެ ވާހަކަ ދެންނެވީމެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ލިޔުންތަކާއެކު 07 ޑިސެންބަރު 2014ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. |
އުޖޫރައާއި ޢިނާޔަތްތައް: |
ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެ މަތިން މުސާރައިގެ އިތުރުން އިތުރުގަޑީގެ ފައިސާއާއި ބަންދުވަހުގެ ފައިސާ ލިބޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1.ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފޯމު މިއިދާރާގެ ކައުންޓަރުންނާއި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން (www.csc.gov.mv) ލިބެންހުންނާނެއެވެ. 2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ (ސެޓްފިކެޓްތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަސްލު އިންޓަވިއުއަށް ޙާޒިރުވާއިރު ގެންނަންވާނެއެވެ.) 5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް (އައިޑީ ކާޑުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.) |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6500002 ،6500068 ފޯނާއެވެ. ފެކްސް ނަންބަރަކީ 6500063 އެވެ. އީމެއިލް ކުރައްވަނީ [email protected] އެޑްރެހަށެވެ.
02 ޞަފަރު 1436