މާއުނގޫދޫ ސްކޫލް
ދިވެހިރާއްޖެ
ސައިންސްލެބް އަދި އޯޑިއޯ ވިޜުއަލް ރޫމް އިމާރާތްކުރުން

މި ސްކޫލުގެ ނަންބަރު: GS106/2014/IU/022ފ(18 ސެޕްޓެންބަރު 2014) ގެ އިޢުލާނާގުޅޭ.

މި ސްކޫލުގައި ސައިންސް ލެބް އަދި އޯޑިއޯ ވިޜުއަލް ރޫމެއް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ގެޒެޓްގައި ޝާއިޢު ކުރެވިފައިނުވާތީ އެއިޢުލާން ބާޠިލު ކުރުމަށްފަހު، އަލުން ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް އިޢުލާންކުރީމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން 4 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 1:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 1:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މައުލޫމާތު ސާފުކުރުމާއި އަންދަސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ކުރާ އެއްވެސް މުޢާމަލާތެއް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

4 ޞަފަރު 1436

26 ނޮވެންބަރު 2014
ހޯދާ