ދިވެހިރާއްޖެ
ބީލަން ހުޅުވާލުން
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިމާރާތާއި ގޯތި ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު IUL)UNHSC/CD/2014/29) އިޢުލާނާ ގުޅިގެން ލިބިފައިވާ އަގުތައް މާބޮޑުކަމަށް ފެންނާތީއާއި، ލިބިފައިވާ ޕްރޮޕޯޒަލްތަކުގައި ތަކެތި ހަމައަށް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާނާއި، އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ބާޠިލުކޮށްފީމެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުގައި ބީލަމާބެހޭ ލިޔުންތައް ހޯދުމަށް ރިސެޕްޝަން ކައުންޓަރަށް ސިޓީ ހުށަހެޅުއްވުމަށްފަހު، ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ބީލަމާބެހޭ ލިޔުންތަކުގެ އަގަކީ -/50 ރުފިޔާއެވެ. އަދި ކުރިން ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ސިޓީ ގެންނެވުމުން ހިލޭ ބީލަމާބެހޭ ލިޔުންތައް ދޫކުރެވޭނެ ކަމުގައި ދަންނަވަމެވެ.
- ބީލަމާބެހޭ ލިޔުންތައް ހޯދުމަށް ސިޓީ ހުށަހެޅުއްވުމުގެ މުއްދަތު
30 ނޮވެންބަރު 2014 ވަނަ ދުވަހުގެ 12:00 ން 6 ޑިސެންބަރު 2014 ވަނަ ދުވަހުގެ 16:00 އަށް ރިސެޕްޝަން ކައުންޓަރަށް.
- ޕްރިބިޑް މީޓިންގ
7 ޑިސެންބަރު 2014 ވަނަ ދުވަހުގެ 11:00 ގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުގެ މީޓިންގރޫމުގައި.
- ޕްރޮޕޯޒަލް ހުށަހެޅުން
14 ޑިސެންބަރު 2014 ވަނަ ދުވަހުގެ 11:00 އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުގެ މީޓިންގރޫމުގައި.
ބީލަމާބެހޭ ލިޔުންތައް ނަންގަވާފައިނުވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ކަމުގައި ދެންނެވީމެވެ.
08 ޞަފަރު 1436