ދިވެހިރާއްޖެ
ނެޓްވޯކް އެޓޭޗްޑް ސްޓޯރޭޖް ސިސްޓަމެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ - ދެވަނަ އިޢުލާން
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ބޭނުންވާ ނަސް ސްޓޯރޭޖް ސިސްޓަމެއް ހޯދުމަށް ކުރި އިޢުލާނާގުޅިގެން މިކަމަށް ކުރިމަތިލައި ހޮވުނު ފަރާތައް މި އޮފީހަށް ބޭނުންވާ ސްޕެސިފިކޭޝަން ހަމަވާ ސްޓޯރޭޖް ސިސްޓަމެއް ސަޕްލައިކޮށްދެވެން ނެތްކަމަށް އަންގާފައިވާތީ، އެ ބިޑް ބާތިލުކޮށް އަލުން ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެމެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރުމަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 12 ޖެނުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެކުރިން [email protected] އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.
ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 16 ޖެނުއަރީ 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީގައި އަންދާޒީ ހިސާބު ހުށަހަޅުންވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރަގައި ބައްދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަންހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.
16 ޖުމާދަލް އާޚިރާ 1443