ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މިމަދަރުސާގެ ދަރިވަރުން އިތުރު ހަރަކާތްތަކުގައި ބޭނުންކުރާ އެކްޓިވިޓީ ޔުނީފޯމު ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު މިމަދަރުސާގެ އިޢުލާން B-MAI/IUL/2014/61ފ(13 ނޮވެންބަރު 2014) އާ ގުޅިގެން އެކަށީގެންވާ އަދަދަކަށް ބީލަން ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން ޢިއުލާން ކުރަމެވެ.
މިމަދަރުސާގެ އިތުރު ހަރަކާތްތަކުގައި ބޭނުންކުރާ އެކްޓިވިޓީ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުއްވުމުގައި ބައިވެރިނުވެވޭނެވާހަކަ ދަންނަވަމެވެ.
08 ޞަފަރު 1436