މަޤާމު: |
އެސިސްޓަންޓް ލެކްޗަރަރ 1 |
ރޭންކް: |
އެމް.އެސް 2 |
ކްލެސިފިކޭޝަން: |
އެސިސްޓެންޓް ލެކްޗަރަރ 1 |
ޑިވިޜަން: |
ސިވިލް ސަރިވިސް ޓްރެއިނިންގ އިންސްޓިޓިއުޓް |
މުސާރަ: |
-/6295ރުފިޔާ |
ސަރވިސް އެލެވަންސް: |
-/3500 ރުފިޔާ |
ލިވިންގ އެލަވަންސް |
-/3000 ރުފިޔާ |
އެހެނިހެން އެލަވަންސް: |
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: 2203/25 ރުފިޔާ |
އޯވަޓައިމް އެލަވަންސް: |
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
މުއްދަތު: |
01 އަހަރާއި 05 މަސް |
ބޭނުންވާ ޢަދަދު:
|
01
|
ތަޢުލީމާއި ތަޖުރިބާ: |
- ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު: |
- ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ކިޔަވައި ދިނުން.
- ޓްރެއިނިންގ ޕްރޮގްރާމްތައް ޑިޒައިންކޮށް، އެ ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ މެޓީރިއަލް ތައްޔާރުކުރުން.
- ސިވިލް ސަރވިސްގެ މުވައްޒަފުން ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާއި އުސޫލުތަކަށް އަހުލުވެރި ކުރުމާއި މާލެއާއި އަތޮޅުތަކުގައި ތަމްރީނު ޕްރޮގްރާމްތަށް ރާވައި ހިންގުން.
- ސިވިލް ސަރވިސްގެ ޓްރެއިނިންގތައް ހިންގުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގާނެގޮތުގެ އެކްޝަން ޕްލޭނެއް އެކުލަވައިލުމާއި މަސައްކަތް ކުރިޔަށްދާ ގޮތުގެ ރިޕޯޓު ތައްޔާރު ކުރުން.
- އެކްޝަން ޕްލޭންގައި ހިމެނޭ މިންވަރަށް އަހަރެއްގެ ތެރޭގައި ހިންގޭނެ ޓްރެއިނިންގ ޕްރޮގްރާމްތައް ޑިވެލޮޕްކުރުން.
- ސިވިލް ސަރވިސް މުވައްޒަފުންނަށް އިންޑަކްޝަން ޕްރޮގްރާމް ތައްޔާރުކުރުން.
- ޓްރެއިނިންގ އެންޑް ޑިވެލޮޕްމެންޓްއިން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- ޙަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
- އިންސްޓިޓިއުޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- ކޮމިޝަން އަދި އިންސްޓިޓިއުޓުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
- ސިވިލް ސަރވިސްގެ ޓްރެއިނިންގ އިންސްޓިޓިއުޓް ގެ ޕަބްލިކް ރިލޭޝަންސްއާ ގުޅޭ މަސައްކަތްތައް ރާވައި ހިންގުން.
- ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
|
11 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)
- އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %54)
|
އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: |
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2014 ޑިސެންބަރު 14 އާއި 2014 ޑިސެންބަރު 25 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. |