ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް ހޯލެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް ހޯލެއް ކުއްޔަށް ހިފުމަށް ބޭނުންވާތީ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް އިޢުލާނު ކުރަމެވެ.

 

ވީމާ މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އިދާރާ އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅަންވީ ތާރީޚު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

#

ތަފުޞީލު

ތާރީޚު

ގަޑި

ތަން

1

އަންދާސީހިސާބު ހުށަހެޅުން

12 ޖަނަވަރީ 2023

ހެނދުނު 10:00

މ. ވީނަސް، ނޫރީ ގޯޅި، 4 ވަނަ ފަންގިފިލާ

 

މި އިޢުލާނާއެކު މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ އަންދާސީހިސާބު ހުށަހަޅާ ފޯމާއި، މަސައްކަތާބެހޭ އިތުރު ތަފުޞީލު އަދި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ މަޢުލޫމާތު ޝީޓެއް ހިމަނާފައިވާނެއެވެ. 

މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމުން ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމުން، އެދިވަޑައިގަންނަވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

05 ޖަނަވަރީ 2023
ހޯދާ