ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެއް އަހަރު ދުވަހުގެ މުއްދަތަށް ފުޑް ކޯޓް ބްލޮކް 1،2،3،4، ކުނިކަހާ، ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އެއްއަހަރު ދުވަހުގެ މުއްދަތަށް، ފުޑް ކޯޓް ބްލޮކް 1،2،3،4، ކުނިކަހާ، ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. 

މަސައްކަތުގެ ވެރިފަރާތް:  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ 

ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2023 ޖެނުއަރީ 12 ވަނަ ދުވަހު 1100ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓަރ ކުރަންވާނެއެވެ.

 އީމެއިލް އެޑްރެސް: [email protected]                      

ބީލަންކަރުދާސް ދޫކުރުން:  ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް، 2023 ޖެނުއަރީ 12 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލް މެދުވެރިކޮށް ބީލަން ކަރުދާސް ފޮނުވޭނެއެވެ. 

މައުލޫމާތު ދިނުން:  ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2023 ޖެނުއަރީ 15 ވަނަ ދުވަހު 1400 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ފުޑްކޯޓްގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:  ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2023 ޖެނުއަރީ 16 ވަނަ ދުވަހުގެ 1100 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2023 ޖެނުއަރީ 17 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް:  ބީލަންކަރުދާސް ހުށަހަޅަންވާނީ 2023 ޖެނުއަރީ 22 ވަނަ ދުވަހު 1100،[email protected]  އީމެއިލް އެޑްރެސް އަށެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ފޮނުވާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

 ފޯނު: 3344262

 އީމެއިލް: [email protected]      

 

 

05 ޖަނަވަރީ 2023
ހޯދާ