މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގުޒަމިނަރުން ހޯދުން

ކަނޑު އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިހާނު ކުރާނެ އެގުޒަމިނަރުން ހޯދުން

                         މިކައުންސިލުން ދޫކުރަމުންގެންދާ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު  ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިހާނު ކުރާނެ އެގުޒަމިނަރުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިދެންނެވި އިމްތިހާނު އޮންނާނީ މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.

ބޭނުންވާ ޢަދަދު : 02 (ދޭއް)

ޝަރުތު

ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ވެފައިވާ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް       (A,B,C,D,G) އޮތް މީހަކު ކަމުގައިވުން.

ސްކިޕަރ ކްލާސް 5 ނުވަތަ ނިޔަމި ކަމުގެ ސަނަދު 1 ނުވަތަ 2 ފުރިހަމަ ކޮށްފައިވާ މީހަކު ކަމުގައިވުން.

ފާއިތުވި ތިންއަހަރު ކަނޑުއުޅަނދު ދުއްވުމުގެ ޤަވާޢިދާޚިލާފުވެ ކުށެއްކޮށްފައިވާ އަދި ޖިނާޢީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން. (3 މަސް ހަމަނުވާ ޕޮލިސް ރިޕޯޓް ހުށަހަޅަންވާނެއެވެ.)

ބ. އަތޮޅު ކައުންސިލްގައި ވަޒީފާ އަދާކުރާ ފަރާތެއްކަމުގައި ނުވުން.

އުޖޫރަ: ޓެސްޓް ކުރާ ކޮންމެ ކެޓެގަރީގެ އުޅަނދަކަށް -/10 ރުފިޔާ.

                         ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ސިޓީއަކާއިއެކު މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއިއެކު 12 ޖަނަވަރީ 2023 ވަނަ ދުވަހު 13:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. އެގްޒެމިނަރުން ހޮވުމުގައި ގިނަ ގިންތީގެ އުޅަނދުފަހަރު އޮޕަރޭޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށާއި އޭދަފުށީގައި ޤާއިމްވެތިބޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

                          13 ޖުމާދަލްއާޚިރު 1444

05 ޖަނަވަރީ 2023
ހޯދާ