ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ އިމާމު (ޕޫލް)

އިޢުލާން

                   މި ރަށުގެ މިސްކިތުގެ އިމާމު ، މުދިމުން ސަލާމް ބުނުމުން އަދި އަހަރީ ޗުއްޓީއާއި ޢާއިލީ ޒިންމާގެ ޗުއްޓީ ނެގުމުން، ވޭޖްގެ އުޞޫލުން މިސްކިތްތަކުގައި މަސައްކަތް ކުރުމަށް އެކުލަވާލެވޭ ޕޫލަށް މީހުން ނެގުމަށް ބޭނުންވެއެވެ.

މަޤާމު:

ވަގުތީ އިމާމު (ޕޫލް)

ބޭނުންވާ އަދަދު:

01 (އެކެއް) 

މަޤާމުގެ ގިންތި:

ވަގުތީ 1 (އެކެއް) އަހަރު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަސްޖިދުލް އަބީބަކުރު / ގއ.ކަނޑުހުޅުދޫ  

މުސާރަ:

ކޮންމެ ނަމާދު ވަގުތަކަށް 65/-  ރުފިޔާ  

މަޤާމުގެ ޝަރުތު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއި އެކު

  1. މުދިމުކަމުގެ ސަނަދު ލިބިފައިވުން ނުވަތަ
  2. ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ
  3. ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
  4. ޝަހާދާ ޘާނަވިއްޔާ އަދި ޤިރާއަތު ސެޓިފިކެޓު ލިބިފައިވުން

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ކޮންމެ ނަމާދުވަގުތެއްގެ ކުރިން މިސްކިތަށްގޮސް މިސްކިތުގެ ކަންތައްތައް ބަލައި ރަނގަޅުކުރަން ހުރި ކަމެއް ރަނގަޅުކުރުމާއި އެކު  ނަމާދު ވަގުތު ޖެހުމުން ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރުން.
  2. މިސްކިތް ސާފުކުރާ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް ދަށުން މިސްކިތް ފޮޅައި ސާފުކޮށް މެލެހެއްޓުމުގެ މަސައްކަތް ހިނގާގޮތް ދުވަހުންދުވަހަށް ސްޕަވައިޒްކޮށް ބެލެހެއްޓުން
  3. މިސްކިތަށް ދަތިވާ ކޮންމެކަމެއް އޮފީހަށް އަންގައި ރަނގަޅު ކުރެވޭތޯ ބެލުމާއި އަދި މިސްކިތުގައި މަރާމާތު ކުރަންޖެހޭ ތަނެއްހުރިތޯ ބަލައި ކައުންސިލް އިދާރާ އަށް އަންގައި ހައްލުކުރުން
  4. މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ހައްލުކުރުމުގެ މަސައްކަތް ކުރުވުން
  5. މިސްކިތުގައި ދީނީ ނަސޭހަތް ދިނުމުގެ ބައްދަލުވުމެއް ބާއްވާނަމަ އެކަން އިންތިޒާމުކޮށް ދިނުމާއި ބައްދަލުވުން ނިމެންދެން މިސްކިތުގައި މަޑުކުރުން
  6. މިސްކިތްތަކުގައި ކުރުން އެކަށީގެންނުވާފަދަ ކަންކަން ކުރޭތޯ ބަލައި އެކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްކުރުން

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދޭ ފޯމު                     https://islamicaffairs.gov.mv/wp-content/uploads/2022/12/Vaguthy-Imamukamuge-Vazeefa-ah-edheyfoarm-00000002.pdf                                      
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކޮށްފައިވާ ސެޓިފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓިފިކެޓުގެ ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާއަކުން ދޫކޮށަފައިވާ ލިޔުން
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.  

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ޖަނަވަރީ 2023 ގެ 13:00 ގެ ކުރިން، ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް

 ތަޢުލިމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށެވެ.

05 ޖަނަވަރީ 2023
ހޯދާ