މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކިއެކި އޮފީސްތަކުންނާއި ތަންތަނުން މ. އަތޮޅު ކައުންސިލްގެ އިދާރާއަށް ބޭނުންވާ ތަކެތި ޑެލިވަރީކޮށްދޭނެ ފަރާތެއް ހޯދުން.

                  ސުރުޙީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 ޖަނަވަރީ 12 ވަނަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައި ބަޔާން ކުރެވިފައިވާ ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފުރިހަމަކޮށްދެއްވުން އެދެމެވެ.

                   https://bit.ly/3X89Gtm

                  ރަޖިސްޓްރޭޝަން ފުރިހަމަކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ އޮންލައިން މީޓިންގެ ލިންކް މި އިދާރާއިން ޙިއްސާކުރާނެއެވެ. އަދި މަޢުލޫމާތު ދިނުމަށް ފަހު އެފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

ތަން

ގަޑި

ދުވަސް

ތާރީޚް

 

އޮންލައިންކޮށް މުލަކަތޮޅު އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް

11:00

ބުރާސްފަތި

12 ޖަނަވަރީ 2023

މަޢުލޫމާތު ސާފުކުރުން

މުލަކަތޮޅު އަތޮޅުކައުންސިލްގެ އިދާރާ

11:00

ބުރާސްފަތި

19 ޖަނަވަރީ 2023

އަންދާސީ ހިސާބު ހުށަހެޅުން

 

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރިގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެޤާނޫނު( ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތް ތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެން ނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ. 

                  05 ޖަނަވަރީ 2023

                  13 ޖުމާދަލްއާޚިރާ 1444

05 ޖަނަވަރީ 2023
ހޯދާ