ދިވެހިރާއްޖެ
(ހ) މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/7)ގެ 151 ވަނަ މާއްދާގެ ދަށުން ހެދިފައިވާ، ތ. ގުރައިދޫ މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމާއި އެކަންކަމަށް ފީނެގުމާބެހޭ ޤަވާއިދާ، ގުޅިގެން އެޤަވާއިދު ހިންގުމަށްޓަކައި ކަނޑައެޅޭ އުޞޫލެވެ. |
1. |
ތަޢާރަފާއި ނަން |
(ށ) މިއުސޫލަށް ކިޔަނީ " ތ. ގުރައިދޫ މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމާއި އެކަންކަމަށް ފީނެގުމާބެހޭ އުސޫލު" މިހެންނެވެ.
|
|
|
މިއުސޫލަށް ޢަމަލުކުރަން ފަށާނީ، މިއުސޫލު ތ. ގުރައިދޫ ކައުންސިލުގެ އާންމު ބައްދަލުވުމުން ފާސްކޮށް އާންމުކޮށް އިޢުލާންކުރާ ދުވަހުން ފެށިގެންނެވެ.
|
2. |
ޢަމަލު ކުރަން ފަށާ ތާރީޚް |
(ހ) އާންމު ތަންތަނާއި މަގުތަކުގައި ވަކި މުނާސަބަތަކާ ގުޅިގެން ކުރު މުއްދަތަށް ޚާއްސަ ގޮތެއްގައި ގާޑިޔާ މޭޒުފަދަ ތަކެތި ބަހައްޓައިގެން ހުޅުވާލެވޭ ވިޔަފާރި މި އުޞޫލުގެ ދަށުން އިސްތިސްނާ ވާނެއެވެ. (ށ) މިމާއްދާގެ (ހ) ގައި ބުނާ ވަގުތީ ގާޑިޔާ ނުވަތަ މޭޒުފަދަ ތަކެތި ބަހައްޓަންވާނީ ކައުންސިލުގެ ހުއްދަ ހޯދައިގެންނެވެ.
|
3. |
އިސްތިސްނާ |
ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރާނެ ސަރަޙައްދުތަށް ކަނޑައަޅާނީ ތ. ގުރައިދޫ ކައުންސިލުންނެވެ.
|
4. |
ސަރަހައްދު ކަނޑައެޅުން |
(ހ) ޢާންމު ތަންތަނާއި މަގު ތަކުގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރިކުރަންވާނީ އެކަމުގެ ހުއްދަ ތ. ގުރައިދޫ ކައުންސިލުން ހޯދައިގެންނެވެ. |
5. |
ހުއްދަ ހޯދުން |
(ށ) ކައުންސިލުން ހުއްދަ ދޭންވާނީ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. |
|
|
|
|
|
ގާޑިޔަލުގައި ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރިކުރާ ފަރާތްތަކުން އެތަންތަނުގައި ވިއްކަންވާނީ، ދިވެހިރާއްޖޭގައި އުފައްދާ ތަކެއްޗެވެ. އެހެން ނަމަވެސް، ކުޑަކުދިން ކެއުމަށް ބޭނުންކުރާ ލުއިކާނާ އަދި ބުއިންތައް ކައުންސިލުގެ ހުއްދައާއެކު ވިއްކުމަށް ހުރަހެއް ނާޅައެވެ. |
6. |
ވިޔަފާރިކުރުމަށް ހުއްދަދެވޭ ތަކެތި |
ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ގާޑިޔާ އަދި މޭޒުގައި މަސައްކަތް ކުރަންވާނީ ދިވެއްސެކެވެ.
|
7. |
ގާޑިޔާ އާއި މޭޒުގައި ވިޔަފާރި ކުރުން |
މި އުޞޫލުގެ ދަށުން ވިއްކާ ތަކެތި ހުންނަންވާނީ ޞިއްޙީގޮތުން ކާބޯތަކެތި ބެހެއްޓުމަށް ކަނޑައެޅިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޞިއްޙީ ގޮތުން ކާބޯތަކެތި ބެހެއްޓުމަށް ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގެ ޞިއްޙީ މިންގަނޑު ބެލެހެއްޓުމާ އެއިރަކު ހަވާލުވެފައިވާ އިދާރާތަކުން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތީންނެވެ.
|
8. |
ޞިއްޙީ މިންގަނޑު ހިފެހެއްޓުން |
ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރަންވާނީ ތ. ގުރައިދޫ ކައުންސިލުން ކަނޑައަޅާ މަހުފީއެން ކައުންސިލަށް ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކަށް ދެއްކުމަށްފަހުގައެވެ.
|
9. |
ފީނެގުން |
މިއުސޫލާއި ޚިލާފުވާ ފަރާތްތަކާއިމެދު، ޤަވާއިދު ނަންބަރު 2013/R-1772 ( މަގުމަތީ ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމާއި އެކަންކަމަށް ފީ ނެގުމާބެހޭ ޤަވާއިދު) ގެ 16 ވަނަ މާއްދާގައިވާ ގޮތަށް ޖޫރިމަނާ ކުރެވޭނެއެވެ.
|
10. |
އުސޫލާ ޚިލާފްވުން |
(ހ) މިއުސޫލާ ގުޅިގެން ޢަމަލުކުރެވޭ ޤަވާއިދުގައި ނެތްކަމެއް ދިމާވެއްޖެ ނަމަ، އެފަދަ ކަމެއް ދެފަރާތުން މަޝްވަރާކުރުމަށްފަހު ޢަމަލުކުރަންވީ ގޮތް ކައުންސިލުން އެފަރާތަކަށް ލިޔުމުން އަންގާނެއެވެ. |
11. |
ނެތްކަމެއް ދިމާވުން |
(ށ) އެގޮތުން އެކަމެއް ހައްލުނުވެއްޖެ ނަމަ، ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ ލަފާގެ މަތިން މިއުސޫލާއި ގުޅުންހުރި އެހެނިހެން ޤާނޫނާއި ޤަވަޢިދުތަކަށްބަލައި ކައުންސިލްގެ ޢާންމު ބައްދަލުވުމަކަށް އެޖެންޑާކޮށް ފާސްކޮށްގެންނެވެ. |
|
|