ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ހެލްތުގެ ދަށުގައިވާ މުއައްސަސާތަކުގެ ސްޓޮކަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި 1 އަހަރު ދުވަހަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިނިސްޓްރީގެ ނަންބަރު IUL)23-AP/1/2014/222) އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތުޝީޓާއި އަދި އިޢުލާނުގައި ބިޑު ހުށަހަޅާފައިވާ ގަޑި ދިމާނުވާތީ އެއިޢުލާން ބާޠިލުކޮށް، މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ހެލްތުގެ ދަށުގައިވާ މުއައްސަސާތަކުގެ ސްޓޮކަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި 1 އަހަރު ދުވަހަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
- ރީމް ފޮޓޯކޮޕީ ކަރުދާސް A4(ހުދު)
- ކާޓްރިޖް CE410ފ(HP305A)
- ކާޓްރިޖް CE411ފ(HP305A)
- ކާޓްރިޖް CE412ފ(HP305A)
- ކާޓްރިޖް CE413ފ(HP305A)
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 04 ޑިސެންބަރު 2014 ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ޑިސެންބަރު 2014 ދުވަހުގެ ހެނދުނު 10:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
05 ޞަފަރު 1436