މަސައްކަތް ކުރަންޖެހޭތަން
|
އޮޑިޓަރ ޖެނެރަލްގެ އޮފީސް
|
ޑިޕާޓްމަންޓް
|
ފައިނޭންޝަލް އެންޑް ކޮމްޕްލައެންސް |
އަސާސީ މުސާރަ
|
-/15،500ރ (ފަނަރަ ހާސް ފަސްސަތޭކަ ރުފިޔާ)
|
ސަރވިސް އެލަވަންސް
|
ސަރވިސް އެލަވަންސް (ފިކްސްޑް): -/3300ރ.
ސަރވިސް އެލަވަންސް: -/206.67ރ. (ދުވާލަކަށް)
|
ލިވިންގ އެލަވަންސް
|
-/3500ރ (ތިންހާސް ފަސްސަތޭކަ) ރުފިޔާ
|
ސްޕެޝަލް އެލަވަންސް
|
-/2000ރ (ދެ ހާސް) ރުފިޔާ
|
ޕްރޮފެޝަނަލް އެލަވަންސް
|
މާސްޓާސް ހާސިލްކޮށްފައިވާނަމަ -/2000ރ (ދެހާސް) ރުފިޔާ
ޑިގްރީ ހާސިލްކޮށްފައިވާނަމަ -/1000ރ (އެއްހާސް) ރުފިޔާ
|
އަސާސީ ޝަރުތު
|
- މަސައްކަތުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުމާއިއެކު މަސައްކަތާއިގުޅޭ ދާއިރާއިން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަސައްކަތުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުމާއިއެކު މަސައްކަތާއިގުޅޭ ދާއިރާއިން 9 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.
|
އެހެނިހެން ޝަރުތު
|
- މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން ޢަމަލުކުރަންޖެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގައިގެންމެނުވީ އެމަސައްކަތެއް ނުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
- ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑްގެ މެމްބަރެއްކަމުގައި ނުވުން.
- ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
- މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.
|
މަގާމުގެ މަސްއޫލިއްޔަތު
|
- ފައިނޭންޝަލް އެންޑް ކޮމްޕްލައެންސް ޑިޕާޓްމަންޓްގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
- ކަވަރ ލެޓަރ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ
5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)
6. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.
|
އެހެނިހެން
|
- އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޑޭޓެއްގެ ސްޓޭޓަސް ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
- ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
- ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
- މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
- މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
- އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.
|
އެޕްލިކޭޝަން ފުރިހަމަކުރަންވީ ތާރީޚާއި ގަޑި
|
15 ޖަނަވަރީ 2023 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން.
https://www.audit.gov.mv/vacancies
|
އިތުރު މަޢުލޫމާތު
|
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348200، 3348275 ނަންބަރު ފޯނަށެވެ.
|