ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމްތަކެއް ގަންނަން

މި އެޖެންސީއަށް ކޮމްޕިއުޓަރ ސިސްޓަމްތަކެއް ގަންނަން ބޭނުންވެގެން 13 އޮކްޓޫބަރު 2014 ގައި ކޮށްފައިވާ IUL)199-CS/199/2014/26) ނަންބަރު އިޢުލާނާ ގުޅިގެން ދޫކުރެވުނު ސްޕެސިފިކޭޝަނަށް ބަދަލު ގެންނަންޖެހުމާ ގުޅިގެން އެ އިޢުލާނަށް ހުށަހެޅި އަންދާސީހިސާބު ބާޠިލުކޮށް، އަލުން ކޮމްޕިއުޓަރ ސިސްޓަމް ވިއްކާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، ކޮމްޕިއުޓަރ ސިސްޓަމް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި އެޖެންސީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ދީފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ.

03 ޞަފަރު 1436

25 ނޮވެންބަރު 2014
ހޯދާ