ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
CONSULTANCY SERVICES FOR N. HOLHUDHOO ROAD MAJOR ROAD DEVELOPMENT PROJECT

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

                                                          ނަމްބަރު :IUL)/RDC/RDC/2023/03)  

  

ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ފަރާތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ނ. ހޮޅުދޫ މަގު ހެދުމުގެ މަޝްރޫއުގައި ހިމެނޭ މަގުތަކުގެ ސާރވޭ ކުރުމަށް ކޯޓޭޝަން/ޕްރޮޕޯސަލް ހޯދުމާ ގުޅޭ

 

30-11-2022 ވަނަ ބުދަ ދުވަހު ކުރެވުނު އިއުލާނާއި (އިއުލާން ނަންބަރު: RDC/RDC/2022/163)(IUL)) ގުޅިގެން ލިބިފައިވާ އަގުތަށް ބޮޑު ކަމަށް ފެންނާތީ ދެންނެވުނު އިއުލާން ބާތިލް ކުރުމަށްފަހު، ބިޑް ހުށަހަޅެމުގު ފުރުސަތު އަލުން ހުޅުވާލަމެވެ.

 

ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ފަރާތުން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ނ. ހޮޅުދޫ މަގުތަކުގެ ސާރވޭ ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އިތުރު ތަފްސީލް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

  • މިހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް [email protected] އަށް 08  ޖެނުއަރީ 2023 (އާދިއްތަ) ދުވަހުގެ 14:00 ޖެހުމާއި ހަމަޔަށް ރަޖިސްޓަރ ކުރުމަށް ހުޅުވާލެވިފައިވާނެއެވެ.

-          ޕްރޮޕޯސަލް ހުށަހެޅޭނީ ހަމައެކަނި ސުންގަޑީގެ ކުރިން ރަޖިސްޓަރ ކުރައްވާފައިވާ ފަރާތް ތަކަށެވެ.

 

  • އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވައި ފަރާތްތަކުން 09 ޖެނުއަރީ 2023 (ހޯމަ) ދުވަހުގެ 12:00 ޖެހުމާއި ހަމައަށް  އީމެއިލް މެދުވެރިކޮށް، މައުލޫމާތު ސާފުކުރުމަށް ހުޅުވައިލެވިފައި ވާނެއެވެ.

-          އީމެއިލް: [email protected]

-          މައުލޫމާތު ސާފު ކުރުމަށް އީމެއިލް ކުރައްވާ ފަރާތްތަކަށް ޖަވާބު އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރައްވަން  ކަނޑައެޅިފައިވާ ސުންގަޑިއަށް ފަހު އީމެއިލް މެދުވެރިކޮއް ކުރެވޭނެއެވެ.

-           ސުވާލުތަކުގެ ޖަވާބު ފޮނުވޭނީ ހަމައެކަނި ބިޑް ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާފަވައި ފަރާތްތަކަށެވެ.

 

  • މި ބިޑަކީ 2 ސިޓީއުރަ ހުޝަހަޅާ ބިޑެކެވެ. ފުރަތަމަ ސިޓީއުރައިގައި އެކުލެވެނީ ޓެކްނިލަލް ޕްރޮޕޯސަލްއެވެ. ދެވަނަ ސިޓީއުރައިގައި އެކުލެވެނީ ފައިނޭންސަލް ޕްރޮޕޯސަލްއެވެ. ފުރަތަމަ ސިޓީއުރަ ކެނޑުން އޮއްނާނީ 11  ޖެނުއަރީ  (ބުދަ) ދުވަހުގެ 11:00، ދެވަނަ ސިޓީއުރަ ކެނޑުން އޮއްނާނީ 16 ޖެނުއަރީ 2023 (ހޯމަ) ދުވަހުގެ 11:00 ޖަހާއިރުއެވެ. އިތުރު ތަފްސީލް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

   ވީމާ، މިހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11  ޖެނުއަރީ  (ބުދަ) ދުވަހުގެ 11:00 އަށް ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.

 

                            ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

                            އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު

                            މާލެ، ދިވެހިރާއްޖެ

                            ފޯން ނަންބަރު: 3339060

                            މެއިލް : [email protected]

04 ޖަނަވަރީ 2023
ހޯދާ