މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަން: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މުސާރަ:  5610.00 ރުފިޔާ

ސާރވިސް އެލަވަންސް: 2000.00 ރުފިޔާ

ރޭންކް: އެމް.އެސް 1

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން:  މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް / ހިއުމަން ރިސޯސް މެނޭޖްމަންޓް

ޝަރުޠު:

1- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

2- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

3- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- ކޮންމެ އަހަރެއްގެވެސް ޖަނަވަރީ މަހުގައި ޕާފޯމަންސް އެޕްރައިސަލް ފޯމުތައް ތައްޔާރުކޮށް ޓާގެޓް ކަނޑައެޅުމަށް އޮންނަ މުއްދަތުގައި ޓާގެޓް ކަނޑައެޅުމުގެ މަސައްކަތް ކުރުން.

- ޓާގެޓް ކަނޑައަޅަން އޮންނަ މުއްދަތުގައި ޓާގެޓް ކަނޑައެޅުމަށްފަހު ފޯމްތައް ގެނެސް ސެކްޝަނުގައި ބެހެއްޓުން.

- ޕާރފޯމަންސް އެޕަރައިސަލް ފޯމުތަކުގައި ފާހަގަކޮށްފައި ހުންނަ މުވައްޒަފުންގެ ކުރިއެރުމަށް ބޭނުންވާ ކަންތައްތަކާއި ޝަކުވާ ފަދަ ކަންތައްތައް ފާހަގަކޮށް ސުޕަވައިޒަރަށް އެންގުން.

- ޕާރފޯމަންސް އެޕްރެއިސަލް މިޑް ރިވިއު ހެދުން

- މިޑް ރިވިއުކުރާއިރު މުވައްޒަފުންގެ މަސައްކަތަށް އެއްވެސް ބަދަލެއް ގެނެސްފައިވޭތޯ ބެލުން

- ޑިސެމްބަރ މަހު ޕީ.އޭ ފޯމްތަށް ފުރިހަމަ ކުރުން.

- މުޅި މިނިސްޓްރީގެ ޕަރފޯމަންސް އެޕްރައިސަލް ހެދުމަށްފަހު ސިވިލް ސަރވިސް ކޮމިޝަނަށް ރިޕޯޓު ފޮނުވުން

- ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ސެޓްފިކެޓް ލިބެންޖެހޭ މުވައްޒަފުން ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުންދޭ ލިޔުންތައް ތައްޔާރުކޮށް މިނިސްޓްރީން ރާވާ ގޮތެއްގެ މަތިން އެލިޔުންތައް މުވައްޒަފުނަށް ރައްދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

- ބޯނަސް ލިބެންޖެހޭ މުވައްޒަފުން ފާހަގަކޮށް، އެ މުވައްޒަފުންނަށް ބޯނަސްދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.

ނޯޓު:

- ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި އިދާރީ މަސައްކަތް ކުރުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

- މި ވަޒީފާތަކަށް ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަ ނަމަ ތަޢުލީމާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށްބެލުމަށް ފަހު އިންޓަވިޔު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ދިހަ ފަރާތާއެވެ. 

- މި މަގާމަށް އިންޓަވިއުކުރުން އެއް މަސްދުވަސް ތެރޭގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައި ބޭއްވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެނައުމަށް ހަމަޖެހިފައިވަނީ އިންޓަވިޔުއަށް ހާޒިރުވާއިރުއެވެ.
  • ސުންގަޑި: 2014 ޑިސެންބަރު 10 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅުއްވާނީ ވެލާނާގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އަށެވެ. 
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  • ވެބް ސައިޓް އެޑްރެސް www.youth.gov.mv
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3347461 އަށް

5 ޞަފަރު 1436

27 ނޮވެންބަރު 2014
ހޯދާ