ދިވެހިރާއްޖެ
އޮފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް ޕްރޮޖެކްޓް
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ (އެމް.އެން.ޕީ.އެޗް.އައި.) އިން އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް)ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ އޮފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް ޕްރޮޖެކްޓުން 2022 ޑިސެންބަރު 26 ވަނަ ދުވަހު ކޮށްފައިވާ ތިރީގައި މިދަންނަވާ ނަންބަރު އިއުލާނުގައިވާ މަޤާމުގެ އެޕްލިކޭޝަން ބަލައިގަތުމުގެ ސުންގަޑި 2023 ޖަނަވަރީ 12 ވާ ބުރާސްފަތި ދުވަހު 12:00 ގެ ނިޔަލަށް އިތުރުކުރެވިފައިވާކަން ވާހަކަ ދެންނެވީމެވެ.
އިއުލާން ނަންބަރު |
މަޤާމް |
އަދަދު |
(IUL)471-PIDS3/1/2022/125 |
މޮނިޓަރިންގ، އިވެލުއޭޝަން އެންޑް ރިޕޯޓިންގ އޮފިސަރ |
01 |
ވީމާ، މި ދެންނެވުނު މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން ދެންނެވިފައިވާ ސުންގަޑީގެ ކުރިން މި މިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުއްވުން އެދެމެވެ.
އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް،
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ،
އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ.
އީމެއިލް:[email protected]
މިމަޤާމުގެ މަސައްކަތްތަކާއި މިމަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓްގައި www.planning.gov.mv އަދި މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢު ކޮށްފައިވާނެއެވެ.
އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.