ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ވ.ރުއްހުރިހުރާ" ރަށުތެރެއަށް ދޮންވެލި އެޅުން

ފެލިދެއަތޮޅު އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށުގައިވާ "ވ.ރުއްހުރިހުރާ" ކިޔުނު ރަށް، ޤާނޫނު ނަންބަރު: 98/20 (ދިވެހިރާއްޖޭގެ ފަޅު ރަށްރަށާއިބެހޭ ޤާނޫނު) އަދި ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގައި ބަޔާންވެގެންވާ އުޞޫލުތަކައި އެއްގޮތަށް، ރަށް ދިރުވައި ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމުގެ ގޮތުންނާއި، މި ރަށާއި ގުޅިފައިވާ އިޤްތިޞާދީ އަދި އިޖުތިމާޢި ފައިދާތައް ރައްޔިތުންނަށް ހޯދައިދެވޭނެގޮތަށް، ރަށް ބޭނުންކުރަން ފެށުމުގެކުރިން ކުރަން ރޭވިފައިވާ މަސައްކަތްތަކުގެ ތެރެއިން، ރަށު ތެރެއަށް އަދި ހޭޅިމައްޗަށް ދޮންވެލި ލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލުން ބޭނުންވެއެވެ.

              ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޕްރޮޖެކްޓްސް ސެކްޝަން މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން

 މައުލޫމާތު ސާފުކުރުން

10 ޖެނުއަރީ 2023

11:00

  • ޒޫމް މެދުވެރިކޮށް
  • ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ

އަގު ހުށަހެޅުން

22 ޖެނުއަރީ 2023

11:00

  • ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ

 

  • ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް މި އިދާރާގެ ނަންބަރު 6700502 ނުވަތަ ވައިބަރ ނަންބަރު7949275 އަށް މެސެޖުކުރައްވާ ނަން ނޯޓް ކުރެއްވުމުން އެފަރާތަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ލިންކް ފޮނުވައިދެވޭނެވެ.
  • ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ވަގުތަކީ 10 ޖެނުއަރީ 2023ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އެވެ. ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް ދެވިފައިވާ ގަޑީގެ ފަހުން އެދިވަޑައިގަންނަވާ އެއްވެސް ފަރާތަކަށް ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

ނޯޓް: މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު: 

ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ،

ފޯން: +960-6700502، ވައިބަރ: +960-7949275  ، އީމެއިލް: [email protected] 

04 ޖަނަވަރީ 2023
ހޯދާ