ދިވެހިރާއްޖެ
ސުކޫލަށް ގުދަނެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް
2023ވަނަ އަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް މިސުކޫލަށް ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެގެންކުރި (IUL)GS129/2022/18އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، ގުދަނެއް ކުއްޔަށްދޭން ޝައުގުވެރިވާ ފަރާތްތަކުން 09 ޖެނުއަރީ 2023 ވާ ހޯމަދުވަހުގެ މެންދުރުފަހު 13:00ގައި ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 ޖެނުއަރީ 2023 ވާ ބުރާސްފަތިދުވަހު މެންދުރުފަހު 13:00އަށް މިސުކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
އަގު ހުށައެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށައަޅަންވާނެއެވެ. އިތުރު ތަފްސީލް، މައުލޫމާތު ޝީޓްގައި އާއްމުކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ ނަމްބަރ 6580358 ފޯނާއި ގުޅުއްވުން އެދެމެވެ.