ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތްތައް ހޯދުން

           މިއިދާރާގެ ނަންބަރު: (IUL)358/358/2022/1 ( 19 ޑިސެމްބަރު 2022 )  ކުރެވުނު އިޢުލާނާއި ގުޅިގެން ރުއްގަހުގެ މަޢުލޫމާތު މިކައުންސިލަށް ފޮނުވާފައި ވަނީ ދެފަރާތުންކަމަށްވާތީ، އަދި ރުއްގަހުގެ ވެރިންނަށް އިތުރު ފުރުޝަތެއް ދިނުމުގެ ގޮތުން ރުއްގަހުގެ މައުލޫމާތު ހުށަހެޅުމަށް ފުރުޝަތު ހުޅުވާލަމެވެ.

 

           ވ.ތިނަދޫގެ މަގުތަކުގައި ފެނާއި ނަރުދަމާގެ ހޮޅިތައް ވަޅުލުމަށާއި، އަލަށް ގޯތި ދޫކުރި ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ޓަކައި ރަށުގެ އެކި އެކި މަގުތަކުގައި  ހުރިރުއްތައް ކަނޑަންޖެހޭތީ، ރަށުގެ އެކި ހިސާބުތަކުގައި ހުރި 150 ރުކުގައި މިކައުންސިލުން ވާނީ ރަތްކުލައިގެ ސްޕްރޭ ދަވާދު ބޭނުންކޮށްގެން އެކެއް (1) އިން ފެށިގެން ސަތޭކަ ފަންސާސް (150) އާއި ހަމަޔަށް ނަންބަރު ޖަހާފައެވެ.   

 

          ވީމާ، އެރުއްތަކުގެ ވެރިފަރާތްތަކަށް ބަދަލު ދިނުމަށްޓަކައި ރުއްތަކުގެ ވެރިފަރާތްތަކުން 19 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހު 12:00 ގެ  ކުރިން،އެފަރާތެއްގެ ރުއްތަކުގެ އަދަދާއި މިކައުންސިލުން ރުކުގައިޖަހާފައިވާ ނަންބަރު އަދި ކެޓަގަރީ (ފޯދުނު މޮޅުރުއް،ނުފޯދޭ ރުއް، ކަނދުބުޑުލީ ރުއް،) އެގޭނޭފަދަ ލިޔުމެއް މިއިދާރާއަށް   ހުށަހެޅުއްވުން އެދެމެވެ.  މި މުއްދަތުގައި ހުޝަހަޅުއްވާފައިނުވާނަމަ ބެލެވޭނީ އެއީ ރައްޔިތުންގެ ރުއްގަސް ކަމުގައެވެ.

04 ޖަނަވަރީ 2023
ހޯދާ