ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ގަމު ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ޑިޖިޓަލް ޑުޕްލިކޭޓިންގ މެޝިނެއް ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދުން

ގަމު ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ޑިޖިޓަލް ޑުޕްލިކޭޓިންގ މެޝިނެއް ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގެ ކުރިން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވެލައްވައި، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުމަށް، މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

ރަޖިސްޓަރީ ވުމަށް ބޭނުންވާ ފޯމާއި، ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ވެސް ލިބެން ހުންނާނެ އެވެ. ބީލަމުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު ފޮނުއްވާނީ މި އިދާރާގެ އީމެއިލް [email protected] އަށެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވާ ތާރީޚު

އަންދާސީހިސާބު ހުށަހެޅުން

15 ޖަނަވަރީ 2023 (އާދީއްތަ) ދުވަހުގެ 13:00 ގެ ކުރިން

17 ޖަނަވަރީ 2023 (އަންގާރަ) ދުވަހުގެ 13:00 (ގުރަހަ)

 

އަދި ދަންނަވަމެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުވާ އެއްވެސް ފަރާތެއްގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6805905 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

04 ޖަނަވަރީ 2023
ހޯދާ