މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއަށް އިންތިޙާބުކުރާ އާންމު މެންބަރު ކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލުގެ 81 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއެއް އެކުލަވާލުމުގެ އުސޫލު ނަންބަރު: (PP)318-HR/318/2022/1 ގެ 5 ވަނަ މާއްދާގެ ދަށުން ކޮމެޓީއެއް އެކުލަވާލުމަށްޓަކައި އެ މާއްދާގެ (ށ) ގެ 2 ވަނަ އަދަދުގައި ބަޔާންކުރާ ފަދައިން، ބ. ދަރަވަންދޫގެ އާންމު ރައްޔިތުން ތަމްސީލު ކުރާ 03 (ތިނެއް) މެންބަރުން އިންތިޙާބުކުރަން ބޭނުންވެއެވެ.

ވީމާ، ތިރީގައިވާ ޝަރުތުތައް ހަމަވާ މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 ޖަނަވަރީ 09 ވާ ހޯމަދުވަހުގެ 14:00ގެ ކުރިން ސިޓީއަކުން މި އިދާރައަށް ހުށަހެޅުއްވުންއެދެމެވެ.

 

 

ކޮމެޓީ މެންބަރުންގެ ޝަރުތު

(ހ) ދިވެހި ރައްޔިތެއްކަމުގައިވުން

(ށ) ދަރަވަންދޫގެ ރަށްވެއްސަކަށްވުން ނުވަތަ ދަރަވަންދޫގެ ރަށްވެއްސަކާއި ކައިވެނީގެ ގޮތުން ގުޅިގެން އުޅުން

(ނ) މި މަސައްކަތުގައި ގިނަ ވަގުތު އުޅެވޭނެ މީހަކުކަމުގައިވުން

(ރ) އަމިއްލަ ނަމުގައި ނުވަތަ އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގޯއްޗެއް ނުވަތަ ފުލެޓެއް ރަޖިސްޓްރީކޮށްފައި އޮތުން

(ބ) އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކަކީ ދަރަވަންދޫ ކައުންސިލާއި، ބ. އަތޮޅު މަދަރުސާ އަދި ބ. ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފަކު ކަމުގައި ނުވުން

(ޅ) އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކަކީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރަކު ކަމުގައި ނުވުން

 

03 ޖަނަވަރީ 2023
ހޯދާ