މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިޢުލާން

ކަނޑުމަހުގެ މަސްވެރިކަމާއި، ފާނަ މަސްވެރިކަމާއި ހިބަރު މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީތަކެއް އެކުލަވައިލުމަށްޓަކައި އެ ކޮމިޓީތަކަށް މެންބަރުން ކުރިމަތިލުމަށް ހުޅުވައިލައި 18 ޑިސެންބަރު 2022 ގައި ކޮށްފައިވާ (IUL)30-D/30/2022/357 ނަންބަރު އިޢުލާނާ ގުޅިގެން މެންބަރުކަމަށް ޝައުގުވެރިކަން ފާޅުކޮށް އެއްވެސް ފަރާތަކުން ނަން ހުށަހަޅައިފައި ނުވާތީ މި އިޢުލާނުގައިވާ އެޕްލިކޭޝަން ބަލައިގަތުމުގެ ސުންގަޑި 19 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

 

ލިޔެކިޔުންތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ. މިކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3339223 ނުވަތަ 3339218 އާ ގުޅުއްވުން އެދެމެވެ.

04 ޖަނަވަރީ 2023
ހޯދާ