ދިވެހިރާއްޖެ
2023ވަނަ އަހަރު މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށްކުރެވުނު މިސްކޫލުގެ އިޢުލާނުނަންބަރު GS-169/IUL/2022/14 ( 8 ޑިސެމްބަރ 2022 )ގެއިޢުލާނު ބާތިލުކޮށް އަލުން އިޢުލާނުކުރަމެވެ. 01 ފެބުރުވަރީ 2023ން 31 ޑިސެމްބާރ 2023ގެ ނިޔަލަށް މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިޚިދުމަތް ދިނުމަށްއެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަފަރުދުންގެ ވިޔަފާރި، ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިއެވާ ތާރީޙުގައި މިސްކޫލަށް ހާޒިރުވެ ނަން ނޯޓްކުރުމާއި މައުލޫމާތު ސާފުކުރުމަށްފަހު ކަނޑައެޅިފައިވާ ގަޑިއަށް މިސްކޫލަށް ހާޒިރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
|
ތަން |
ތާރީޙް |
ދުވަސް |
ގަޑި |
ނަން ނޯޓްކުރުމާއި މައުލޫމާތު ސާފުކުރުން |
ފ.ބިލެތްދޫ ސްކޫލް ( އޮފީސް ) |
15 ޖަނަވަރީ 2023 |
އާދިއްތަ |
12:00 |
އަންދާސީ ހިސާބު ހުށައެޅުން |
26 ޖަނަވަރީ 2023 |
ބުރާސްފަތި |
12:00 |
ނަން ނޯޓްކުރުމާއި މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ވިޔަފާރި ރަޖިސްޓްރީ ގެ ކޮޕީ އަދި ހާޞިރުވާ ފަރާތުގެ އައި.ޑީ.ކާޑު ގެންނެވުން އެދެމެވެ. ނަން ނޯޓްކުރެއްވުމާއި މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހަޅާއިރު މިފަދަ ލިޔުމެއްނެތި ހުށައަޅާ އަންދާސީ ހިސާބުތަކާއި، މިމަސައްކަތުގެ ނަން ނޯޓްކުރުމާއި މައުލޫމާތު ސާފުކުރެއްވުމަށް ދުރުވެފައިނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި އަދި މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަށް ބާތިލްވާނެއެވެ. އަދި މަޢުލޫމާތުދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޞިރުވާކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން އަންދާސީ ހިސާބު ތައްޔާރުކުރެއްވުމަށް އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ މިސްކޫލްގެ ނަންބާރ: 7952913 ގުޅުއްވުމުން އެމަޢުލޫމާތެއް ދެވޭނެއެވެ.