ދިވެހިރާއްޖެ
އިލެކްޓްރީޝަން
ހުޅުމާލެ އޮޕަރޭޝަންސް
ވަޒީފާ އަދާކުރަންޖެހޭ ތަން: ހުޅުމާލެ
ތައުލީމީ ފެންވަރާއި ތަޖުރިބާ:
- އަސާސީ ތަޢުލީމު ފެންވަރު ހުރުމާއިއެކު، އިލެކްޓްރިކަލް ދާއިރާއިން މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. (ނުވަތަ)
- މަސައްކަތާއި ގުޅުންހުރި ސަނަދެއް / ލައިސެންސްއެއް ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
ސެކްޝަނުން ހިންގާ ޕްރޮޖެކްޓްސްތަކުގެ ކަރަންޓު ވައިރުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައްކޮށް، ޕްރޮޖެކްޓްތަށް ނިންމަންޖެހޭ ސުންގަޑިއަށް ނިންމުމުގައި އެހީތެރިވެދިނުން.
މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ހުޅުމާލޭގެ ޕަބްލިކް ސަރަހައްދުތަކުގެ ކަރަންޓާއި ގުޅުންހުރި މައްސަލަތައް ދެނެގަނެ، އެމައްސަލަތައް ހައްލުކުރުން. މީގެތެރޭގައި ކޮމާޝިއަލް އިމާރާތްތައް، ޕާރކްތައް އަދި ކޯޕަރޭޝަންގެ އިމާރާތް ހިމެނޭ.
- އިންފްރާސްޓްރަކްޗަރ މެއިންޓެނެންސް ސެކްޝްންއިން ހިންގާ މަސައްކަތްތަކުގައި އެކުލެވޭ ކަރަންޓުގެ މަސައްކަތްތައް ކުރުން.
- މެއިންޓެނަންސް މަސައްކަތްތައް ކުރުމުގައި މެއިންޓަނަންސް ޓީމް އަދި ސުޕަވައިޒަރއަށް އެއްބާރުލުންދީ އެހީތެރިވެދިނުން.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- ކަރަންޓްވައިރުކުރުމުގެ އިތުރުން ޕްލަންބިންގ ފަދަ މެއިންޓެނަންސް އާއި ގުޅުންހުރި އިތުރު މަސައްކަތްތައް ދަންނަ ފަރާތްތަކަށް މިމަޤާމަށް މީހުންހޮވުމުގައި އިސްކަންދެވޭނެ.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
- ހީވާގިކަމާއެކު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
- މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
މުސާރަ: 12،500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ.
ބޭނުންވާ ލިޔެކިޔުންތައް:
- އައިޑީ ކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑު ކޮޕީ
- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 08 ޖަނަވަރީ 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
ޕޯޓަލް ލިންކު: ( https://jobs.hdc.com.mv )
އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.