މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޓަރނެޓް ޙިދުމަތް ދޭން ފަރާތެއް ހޯދުމާއި ގުޅޭ

              މިއިދާރާއަށް އިންޓަރނެޓްގެ ޙިދުމަތް ދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 04 ޖަނަވަރީ 2023 ފެށިގެން 12 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  ރަޖިސްޓްރީ ކުރެއްވުމަށް އަދި މިމސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް މިއިދާރާގެ ނަންބަރ 6560016 ނަންބަރ އަށް ގުޅުއްވުން އެދެމެވެ.

        އަންދާސީ ހިސާބު ހުށައަޅުއްވާނީ 2023 ޖަނަވަރީ 24 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާއަށެވެ. އަދި މެއިލް ކުރައްވާ ނަމަ މިއިދާރަގެ އީމެއިލް : info@fodhdhoo.gov.mv   އަށް މެއިލް ކުރެއްވުން އެދެމެވެ. މިމަސައްކަތް ކޮށްދިނުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.

         މިކަމަށް އެދި ކުރިމަތި ލެވޭނީ ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ނަންބަރ: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ނަންބަރ: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

       ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.

03 ޖަނަވަރީ 2023
ހޯދާ