ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލް އިދާރާއިން ތަރަށްޤީކުރާ މޫދަށްއެރޭ ސަރަހައްދުގައި ނުނިމިހުރި މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދުން
ކައުންސިލް އިދާރާއިން ތަރަށްޤީކުރާ މޫދަށްއެރޭ ސަރަހައްދުގައި ނުނިމިހުރި މަސައްކަތްތައް ކައުންސިލުން ތަކެތި ފޯރުކޮށްދިނުމުން އެމަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 ޖަނަވަރީ 2023 ވަނަ ދުވަހު 13:00 އަށް މި ކައުންސިލަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިމަސައްކަތް ކުރުމަށް ކޯޓޭޝަން ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7992129/9650005 ނަމްބަރ ފޯނާއެވެ.
މިހެންވެ މިކަން އާއްމުކޮށްއަންގައި އިޢުލާނު ކުރީމެވެ.
03 ޖަނަވަރީ 2023
ހޯދާ