ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މިނިސްޓްރީ އޮފް ހެލްތު
މާލެ، ދިވެހިރާއްޖެ
(IUL)182-REG/182/2022/9 :ނަންބަރު
އެލާރޓް
ސަބްސްޓޭންޑަޑް Methotrexate އާއި ގުޅިގެން WHO އިން ނެރެފައިވާ އެލާރޓް އާއި ގުޅޭ
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އަސާސީ ބޭސް ލިސްޓްގައި ހިމެނޭ Methotrexate އަކީ ކެންސަރު ބަލީގެ ފަރުވާ އަށާއި އޮޓޯ އިމިއުން ބަލިތަކުގެ ފަރުވާއަށް ބޭނުން ކުރާ ބޭހެކެވެ.
އިރުމަތީ މެޑިޓެރޭނިއަން ރީޖަންގެ 2 ގައުމެއްގައި ދައުރުވަމުންދާ ތިރީގައިވާ methotrexate ގެ ބެޗް ތަޣައްޔަރު ވެފައިވާކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ނަންބަރު RPQ/REG/ISF/Alert N°8/2022 އިން ވަނީ އެލާޓް ކުރައްވާފައެވެ.
މިބޭހަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭގައި (އެޕްރޫވްޑް ޑްރަގް ލިސްޓްގައި) ޕްރީ-އޮތޮރައިޒޭޝަން ނަގައިގެން އެތެރެކުރާ ގޮތަށް ކެޓަގަރައިޒް ކޮށްފައިވާ ބޭހެކެވެ. ނަމަވެސް މި ކުންފުނީގެ މި ބޭސް އިމްޕޯޓް ކުރުމުގެ ހުއްދަ ދީފައިނުވާނެ ކަމުގައިވެސް ދެންނެވީމެވެ. އެހެން ނަމަވެސް، ބޭސްސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯރޓް ކޮށްފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް ދެންނެވީމެވެ.
އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާ އިރު ހާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މީގެ އިތުރުން މިބޭހާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކޮށް މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވާ މަޢުލޫމާތު ހިއްސާ ކޮށްދެއްވުން އެދެމެވެ.