މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާ ގުޅޭ މުޢާމަލާތްތައްކުރާ ފަރާތްތަކުގެ ސަމާލުކަމަށް

ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ބޭނުންކުރުމާއި، ވިއްކުމާއި، ނައްތާލުމާއި، އުފެއްދުމާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރުމާއި، ދިވެހިރާއްޖޭން އެކްސްޕޯޓުކުރުމާ ގުޅޭގޮތުން ޢަމަލުކުރާ "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު (21/2019)" ދަށުން އެކުލަވައިލަންޖެހޭ 'ހުއްދަދީފައިވާ ޕެސްޓިސައިޑުގެ ރަޖިސްޓަރީ' އަށް މިހާރު ބަދަލުގެނެސްފައިވާތީ ޕެސްޓިސައިޑުގެ މުޢާމަލާތްތައް ހިންގާ ފަރާތްތަކާއި، ބޭނުންކުރާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މުރާޖަޢާކޮށްފައިވާ، 'ހުއްދަ ދީފައިވާ ޕެސްޓިސައިޑުގެ ރަޖިސްޓަރީ' އާންމުކޮށް އިޢުލާންކުރީމެވެ.

ވީމާ، ދިވެހިރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުމާއި، ވިއްކުމާއި އަދި ދިވެހިރާއްޖެއަށް އިމްޕޯޓުކުރުމާއި، ދިވެހިރާއްޖޭން އެކްސްޕޯޓުކުރުމުގެ ހުއްދަ އޮންނަ ބާވަތްތަކުގެ ޕެސްޓިސައިޑުގެ އާ ރަޖިސްޓަރީ، މިނިސްޓްރީގެ ވެބްސައިޓުގައި ތިރީގައި މިވާ ލިންކުން ފެންނަން އިންނާނެއެވެ.

https://www.gov.mv/dv/files/pesticide-registry-final-new.pdf

03 ޖަނަވަރީ 2023
ހޯދާ