ދިވެހިރާއްޖެ
ހިންމަފުށީ ސްކޫލް
ކ.ހިންމަފުށި،/ ދިވެހިރާއްޖެ.
ނަންބަރު: GS141/IUL/2023/1
އިޢުލާން
1ފެބުރުއަރީ 2023 ން 31 ޑިސެމްބަރ 2023ގެ ނިޔަލަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މި ސްކޫލްގެ ނަމްބަރ GS141/IUL/2022/13 ދެހާސްތޭވީސް ވަނަ އަހަރު މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓަވައި ދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ބީލަން ހުށަހަޅައިފައިވަނީ އެންމެ ފަރާތަކުން ކަމުގައި ވާތީ އެ އިޢުލާން ބާޠިލުކޮށް މި މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ފުރުޞަތު ހުޅުވާލަމެވެ.
1 ފެބުރުއަރީ 2023 ން 31 ޑިސެމްބަރ 2023 ގެ ނިޔަލަށް (1 އަހަރަށް) މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 3 ޖެނުއަރީ 2023 އިން 10 ޖެނުއަރީ 2023 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 14:00 އަށް މި ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ ނަންނޯޓުކުރާ ފަރާތްތަކަށެވެ.
- މި ބީލަމާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް 10 ޖެނުއަރީ 2023 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ފޯނު ނަންބަރަށް ގުޅުއްވުން ނުވަތަ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މި ޕްރޮޖެކްޓާއި ބެހޭގޮތުން ޕްރީބިޑް މީޓިންއެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 11 ޖެނުއަރީ 2023 ވާ ބުދަ ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ.
- މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހިންމަފުށީ ސްކޫލް
ކ.ހިންމަފުށީ، ދިވެހިރާއްޖެ
ފޯން: 6640585
އީ-މެއިލް: [email protected]
3 ޖެނުއަރީ 2023