ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ / (ސެންޓަރ ފޯ ޕޯސްޓްގްރެޖްއޭޓް ސްޓަޑީޒް)

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ / (ސެންޓަރ ފޯ ޕޯސްޓްގްރެޖްއޭޓް ސްޓަޑީޒް)

ބޭނުންވާ ޢަދަދު: 1

އޮފީސް

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތްކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)

ނޯޓު:

މި މަޤާމަށް ކުރިމަތިލުމަށް ހުށަހަޅާ ތަޢުލީމީ ލިޔެކިޔުންތަކަށް މާރކްސް ދެވޭނީ އިޢުލާނުގެ އެންމެދަށް ސްޕައިން (ADG/17) ގައިވާ ޝަރުތު ފުރިހަމަވުމުނެވެ (ޑިޕްލޮމާ، ޑިގްރީ ނުވަތަ މާސްޓަރ ލެވެލްގެ ސެޓްފިކެޓު ހުށަހެޅިކަމުގައި ވިޔަސް އެ ސެޓްފިކެޓުތަކަށް މާކްސް ދެވޭނީ ADG4/17 ގައިވާ 3 ޝަރުތުން ކުރެ ޝަރުތެއް ފުރިހަމަވުމަށްފަހު އެޝަތުގައި ބަޔާން ކުރާ ސެޓްފިކެޓު ހުށަހެޅުމުންނެވެ)

މަޤާމުގެ ގްރޭޑު/ ސްޕައިން ޕޮއިންޓު، މަޤާމުގެ ޝަރްޠުތައް، އަސާސީ މުސާރަ، އަދި ސަރވިސް އެލަވަންސް

މަޤާމު

ގްރޭޑް /

ސްޕައިން ޕޮއިންޓު

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ADG4/17

 

1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ނުވަތަ:

2. މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

5,778.10 ރުފިޔާ

2476.33 ރުފިޔާ

ADG4/18

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 17 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

5,956.80 ރުފިޔާ

2,552.92 ރުފިޔާ

ADG4/19

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 18 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

6,141.04 ރުފިޔާ

2,631.87 ރުފިޔާ

ADG4/20

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 19 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

6,330.97 ރުފިޔާ

2,713.27 ރުފިޔާ

ADG4/21

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 20 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

6,526.77 ރުފިޔާ

2,797.19 ރުފިޔާ

ADG4/22

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 21 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

6,728.62 ރުފިޔާ

2,883.70 ރުފިޔާ

ADG4/23

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 22 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

6,936.73

2,972.88

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • ސެންޓަރ ފޯރ ޕޯސްޓް ގްރަޖުއޭޓް ސްޓަޑީސްގެ ބެލުމުގެ ދަށުގައިވާ ޕީ އެޗް ޑީ އަދި މާސްޓަރސް ދަރިވަރުންގެ ތީސިސްއާއި ގުޅޭ އެންމެހާ ކަންތައްތަކުގެ އަޕްޑޭޓް ބެލެހެއްޓުން، ސްޕަރވައިޒަރުންނާއި ގުޅޭ ކަންތައްތައް ބެލެހެއްޓުން، ދަރިވަރުންނާއި ގުޅުންހުރި ތަފާތު ސްކިލްތަކުގެ ވޯކްޝޮޕްތައް އިންތިޒާމުކުރުމާއި، އިދާރީ އެއްމެހާކަންތައް ކުރުން.
  • ކޮންމެ ސެމެސްޓަރ އެއްގައިވެސް ދަރިވަރުންގެ ދިރާސާ ކުރުމުގެ ކަންތައް ގޮސްފައިވާވަރު ބެލުމާއި، އަދި ކުރިއަށް އޮންނަސެމެސްޓަރއަށް ދަރިވަރު ރާވައިފައިވާ ޕްލޭން ސީ ޕީ އެސް އަށް އަޕްލޯޑް ކުރިތޯބެލުން.
  • ޕީ އެޗް ޑީ އަދި މާސްޓަރސް ދަރިވަރުންގެ ވައިވާ އާއި ބެހޭ އެއްމެހާ ކަންތައްތައް ޝެޑިއުލްކޮށް ވައިވާގެ އެއްމެހާ ކަންތައް ކުރުން.
  • ކޮންމެ އަހަރެން ނިމުމުން އެއަހަރުގެ ތެރޭގައި ސީ ޕީ އެސް އިން ކުރެވުނު ކަންތައްތަކާއި ބެހޭގޮތުން އަހަރީ ރިޕޯޓެއް އެކުލަވާލުން.
  • އިމްތިޙާންތައް ބޭއްވުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
  • އެކިއެކި ކަންކަމުގައި ސެންޓަރ އަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށާއި ފޯނުންގުޅުއްވާ ފަރާތްތަކަށް މަޢުލޫމާތު އޮޅުންފިލުވައި ދިނުމާއި، އަދި އެފަރާތްތަކުން ހުށަހަޅުއްވާ ކަންކަން ކަމާބެހާ ވެރިއަކަށް އެންގުން.
  • ކުއްލިއްޔާ/ސެންޓަރަށްއަށް އަންނަ ސިޓީތަކާއި އެހެނިހެން ތަކެތި ބަލައިގަތުމާއި ފޮނުވުމާއި، ސިޓީތަކާއި އެހިނެހެން ލިއުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތަކަށް ފޮނުވުން.
  • ކުއްލިއްޔާ/ސެންޓަރުގެ ސިއްރުތަކަށް ރައްކާތެރިވުމާއި، ކޯސްތަކާއި ކޯސްތަކުގެ މަންހަޖައި އަދި ކޯސްތަކުގެ އިދާރީ އެއްވެސް މަޢުލޫމާތެއް ކޯސްތައް ހިންގުމާއި ޙަވާލުވެހުރި ވެރިއެއްގެ ހުއްދަނެތި އެއްވެސް ފަރާތަކަށް ނުދިނުން.
  • މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުންވެސް ދިމާވާ އެއްމެހާ އިދާރީކަންތައްތައް.

އުޖޫރައާއި ޢިނާޔަތްތައް:

  އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ) 
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.

https://jobs.ium.edu.mv/

  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

  • 12 ޖަނަވަރީ 2023 ވަނަ ދުވަހުގެ 23:59 އަށް

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.
  •  މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 13 ޖަނަވަރީ 2023 އިން 13 ފެބްރުއަރީ 2023  އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  3022160 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
03 ޖަނަވަރީ 2023
ހޯދާ