ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް ކޭސް އޮފިސަރ (ގްރޭޑް 1)

މަޤާމް:          އެސިސްޓަންޓް ކޭސް އޮފިސަރ (ގްރޭޑް 1)

ބޭނުންވާ ޢަދަދު:      01 (އެކެއް)

މުސާރަ:          -/6,185 ރުފިޔާ

ލިވިންގ އެލަވަންސް:     -/3,000 ރުފިޔާ

ރިސްކް އެލަވަންސް:     -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:  ޏ. ގޮފި / ޏ. ފުވައްމުލައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

1- އޮފީސް ހުޅުވާ ލެއްޕުން.

2- ގޮތްޕަށް ލިބޭ ލިޔެކިޔުންތައް އެންޓްރީކޮށް ބެލެހެއްޓުން.

3- އޮފީހުގެ މަސައްކަތަކަށް ބޭނުންވާ ސްޓޮކް ބަލަހައްޓައި އަދި ސްޓޮކް ހުސްވަމުންދާވަރު މޮނިޓަރކޮށް ސްޓޮކް ރިކުއެސްޓް ތައްޔާރުކުރުން.

4- އޮފީހުގެ ތަފާސް ހިސާބު ބެލެހެއްޓުމަށް ތައްޔާރުކުރަންޖެހޭ ޓޭބަލްތައް ފުރިހަމަކުރުން.

5- އޮފީހުން ކުރަންޖެހޭ އެޑްމިން ދަތުރުތަކާއި ކޯޓް ދަތުރުތައް ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

6- ގޮތްޕަށް ލިބޭ އައު މައްސަލަތައް ސޮފްޓްވެއަރ އިން ނަންބަރު ދިނުމަށްފަހު އެމައްސަލައިގެ ދަޢުވާލިބޭ މީހުންގެ ކުށުގެ ރެކޯޑް ސާފުކުރުން، ފޯލިއޯ ތައްޔާރުކުރުން އަދި އެމައްސަލަތައް ފޮތުގައި ނޯޓުކޮށް ޕްރޮސިކިއުޓަރާ ޙަވާލުކުރުން.

7- ޕްރޮސިކިއުޓަރުން މައްސަލަ ތައްޔާރުކުރުމުން، އެމައްސަލައިގެ ލިޔުންތައް ރިމާކްސް އަށް ފޮނުވައި އަދި ރިމާކްސް ލިބުމުން ރިމާކްސް އާއި އެއްގޮތަށް އަމަލުކުރުމަށް ފައިލް އަޕްޑޭޓްކުރުން.

8- ގޮފީގެ ފަރާތުން ލިޔަންޖެހޭ ސިޓީތަކާއި، ދައުވާ ފޯމްތައް ތައްޔާރުކޮށް ޕްރޮސިކިއުޓަރ ސޮއިކުރުމުން ކޯޓަށް ފޮނުވުމުގެ އެންމެހައި މަސައްކަތް ކުރުން. 

9- ކޯޓު އަމުރު ލިބުމުން އެ އަމުރުތައް ސިސްޓަމަށް އެންޓަރކޮށް މައްސަލަތައް ވަކީލާ ޙަވާލުކުރުން.

10- ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ލިބުމުން އެމައްސަލައާ އެޓޭޗްކޮށް ފޮތުގައި ނޯޓުކުރުމަށްފަހު ޚުލާޞާ ތައްޔާރުމަށް ވަކީލާ ޙަވާލުކުރުން.

11- މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

ފެންވަރު ނުވަތަ ޝަރުޠު: ލަންޑަން ޖީ.ސީ.އީ. އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 09 ޖަނަވަރީ 2023 ވަނަ ދުވަހުގެ 12:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

 

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 20 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

ނޯޓް:

1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިއޮފީހުގެ ކައުންޓަރުން ފޯމު ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 11:00 އިން 12:00 އަށެވެ.

2- މިއޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށްވެސް އެޕްލިކޭޝަން ފޯމް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ފީ.ޑީ-އެފް (PDF) ފޯމެޓްގައި ފޮނުވާ ފޯމްތައް އެކަނި ކަމުގައި ދެންނެވީމެވެ.

- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 15-31 ޖަނަވަރީ 2023 ދެމެދު މާލޭގައެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- މަޢުލޫމާތު ފުރިހަމަކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓް www.pgoffice.gov.mv  އިން ލިބެންހުންނާނެއެވެ.)

2- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

3- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

4- ވަނަވަރު

5- ދރއ. ކާޑުގެ ކޮޕީ

6- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

10 ޖުމާދަލްއާޚިރާ 1444

 

02 ޖަނަވަރީ 2023
ހޯދާ