ދިވެހިރާއްޖެ
ނަންބަރ: HDC (161)-ACF/IU/2022/571
މިކޯޕަރޭޝަނުގައި ހުރި ބައުތަކެތި ވިއްކާލުމާ ބެހޭ
މިކޯޕަރޭޝަނުގައި ހުރި ބައެއްތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ގިނަދުވަސްވެ ބައުވެ ހަލާކުވެފައިވާ ބައެއް މުދާ ނީލަންކިއުމަށް ހަމަޖެހިފައިވާކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
1- ނީލަންކިޔާ ތަކެތި ބެލުމާއި މަޢުލޫމާތު ސާފުކުރުން:
ނީލަންކިޔަން ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް، ނީލަންކިޔާތަކެތި ދެއްކުމާއި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މިކޯޕަރޭޝަންގެ މުނިސިޕަލް ސައިޓްއަށް ޙާޒިރުވާ ފަރާތްތަކާއެކު، 5 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 11:00 ގައެވެ.
2- ވިއްކާލަން ހަމަޖެހިފައިވާ ތަކެތީގެ ތަފްޞީލް
ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ މިކޯޕަރޭޝަންގައި ކުރިން ބޭނުންކުރެވި ހަލާކުވެފައިވާ އެކިކަހަލަ ސާމާނެވެ.
ނީލަން ފަށާއަގު – 10،000 ( ދިހަ ހާސް ރުފިޔާ) |
ނީލަން މަދުވެގެން އިތުރު ކުރެވޭނީ 1،000 ( އެއް ހާސް ރުފިޔާ) |
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންނީލަން މައުލޫމާތު ކަރުދާސް
އިޢުލާން ނަންބަރ: HDC(161)-ACF/IU/2022/571
ތާރީޚް: 02 ޖަނަވަރީ 2023
ނީލަމުގެ ސުރުޚީ: ބައުވެ ހަލާކުވެފައިވާ މުދާ ނީލަމުގައި ވިއްކާލުން
ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ދެވޭ އިރުޝާދު
|
ތަފްސީލް |
1.0 |
ނީލަމުގެ މަޢުލޫމާތު |
1.1 |
ނީލަމާއި ގުޅިގެން ސާފުކުރަންޖެހޭ މަޢުލޫމާތެއްވާނަމަ އެ ސުވާލެއް ފޮނުވަންވާނީ، މަޢުލޫމާތު ސާފުކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ. |
1.2 |
ނީލަމުގައި ރަޖިސްޓްރީ ކުރެވޭނެ އެންމެ ފަހު ވަގުތު ތާރީޚް: 10 ޖަނަވަރީ 2023 ގަޑި: 10:00 (ހެނދުނު) |
1.3 |
ނީލަން ކިޔާތަކެތި ދައްކާލުން އޮންނާނީ ތިރީގައި ބަޔާން ކުރެވިފައިވާ ދުވަހު، ދެވިފައިވާ އެޑްރެހުގައެވެ. ތާރީޚް: 05 ޖަނަވަރީ 2023 ގަޑި: 11:00 އެޑްރެސް: މިކޯޕަރޭޝަންގެ ސެންޓްރަލް ވެއާރހައުސް (މިދިލި މަގު، ހުޅުމާލެ) |
1.4 |
ނީލަމުގައި ބައިވެރިވާން އަގު ހުށަހެޅޭނީ ހުޅުވާލެވޭ މުއްދަތުގެ ތެރޭގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށެވެ. |
1.5 |
ނީލަމުގެ ބައިވެރިން ނީލަން ހުށަހެޅުމަށް ހާޒިރުވުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ދުވަހާއި ދެވިފައިވާ އެޑްރެހަށެވެ. ތާރީޚް: 10 ޖަނަވަރީ 2022 ގަޑި: 01:00 (މެންދުރު) އެޑްރެސް: ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ހެޑް އޮފީސް، އެގްޒިބިޝަން ސެންޓަރ، ގްރައުންޑް ފްލޯ، ހުވަނދުމާ ހިނގުން، ހުޅުމާލެ. |
1.6 |
ނީލަމުގައި ބައްލަވައިގަންނަ ތަކެތި ހުރި ތަންތަނުން ގެންގޮސް ހުސްކުރުމާއި ތަން ސާފުކުރުމުގެ ޚަރަދު ކުރަންވާނީ ތަކެތި ބަލަވައިގަންނަ ފަރާތުންނެވެ. |
1.7 |
ނީލަމުގެ ބައިވެރިން ހާޒިރުވުމަށް ކަނޑައެޅިފައިވާ ގަޑި ފާއިތުވުމަށްފަހު އެއްވެސް ފަރާތެއް ނީލަމުގައި ބައިވެރި ނުކުރެވޭނެއެވެ. ނީލަމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ގަޑި ޖެހުމުގެ ކުރިން ނީލަން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ތަނާއި ގަޑި ކަށަވަރު ކުރުމަކީ ނީލަމުގައި ބައިވެރިވާ ފަރާތުގެ ޒިންމާއެކެވެ. |
1.8 |
ވިއްކާލެވޭ ތަކެތި އަގު ދެވިފައި ވަނީ %8 ޖީ.އެސް.ޓީ ނުހިމަނައެވެ. |
|
|
2.0 |
ރަޖިސްޓްރީވާން ހުށައަޅަންޖެހޭ ލިޔުން |
2.1 |
ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ކޯޕަރޭޝަނުން ދީފައިވާ ގަޑީގެކުރިން، ރަޖިސްޓްރީވާން އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު މިކޯޕަރޭޝަނަށް ހުށަހެޅުންއެދެމެވެ. ރަޖިސްޓްރޭޝަން ފޯމް މިކޯޕަރޭޝަންގެ ވެބްސައިޓް އަދި ރިސެޕްޝަން ކައުންޓަރުން ލިބެންހުންނާނެއެވެ. |
2.2 |
ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދީފައިވާ ގަޑީގެ ކުރިން، ތިރީގައިވާ ލިޔެކިޔުންތައް ހުށައަޅަންވާނެއެވެ.
|
2.3 |
ނީލަމުގައި ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރެއިން އެއްވެސް ލިޔުމެއް މަދު ނަމަ، ނުވަތަ ފޯމުގައި ފުރިހަމަކުރަންޖެހޭ އެއްވެސް މަޢުލޫމާތެއް ފުރިހަމަ ނޫންނަމަ، އެފަރާތެއްގެ ފޯމް ބާތިލްކުރެވޭނެއެވެ. |
2.4 |
ނީލަމުގައި ބައިވެރިވުމަށް ހުށަހަޅާ ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ ބަންދުކުރެވިފައިވާ އެއް (1) ސިޓީއުރައިގައެވެ. |
2.5 |
ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރާއެކު "ނީލަމުގައި ރަޖިސްޓްރީވުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. |
|
|
3.0 |
ސެކިއުރިޓީ ޑިޕޮސިޓް |
3.1 |
އަގު ހުށައަޅާ ފަރާތްތަކުން ނީލަމުގެ ސުންގަޑި ހަމަވުމުގެ 1 (އެކެއް) ގަޑިއިރު ކުރިން ސެކިއުރިޓީ ޑިޕޮސިޓްގެގޮތުގައި -/5،000 ރުފިޔާ (ފަސް ހާސް ރުފިޔާ) ދައްކަންވާނެއެވެ. |
3.2 |
ނީލަން ކާމިޔާބު ނުވާ ފަރާތްތަކުގެ ސެކިއުރިޓީ ޑިޕޮސިޓް ރީފަންޑް ކުރުމަށް 30 (ތިރީސް) ދުވަސް ތެރޭގައި ހުށަހަޅަންވާނެއެވެ. މި 30 (ތިރީސް) ދުވަސް ގުނާނީ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ. މިމުއްދަތުގެ ތެރޭގައި ޑިޕޮސިޓް ނެގުމަށް ހުށަނާޅާ ފަރާތްތަކުގެ ސެކުއުރިޓީ ޑިޕޮސިޓް މިކޯޕަރޭޝަނަށް އިދާރީ ފީއެއްގެ ގޮތުގައި ނެގޭނެއެވެ. |
3.3 |
މިކޯޕަރޭޝަނުން އިޢުލާންކުރާ އެހެން ނީލަމަކަށް ޑިޕޮސިޓް ދެއްކުމަށް ނުވަތަ މިކޯޕަރޭޝަންގެ އެހެން ޚިދުމަތަކަށް ފައިސާ ދެއްކުމަށް މިފައިސާ ބޭނުން ނުކުރެވޭނެއެވެ. |
3.4 |
ނީލަން ކާމިޔާބުވާ ފަރާތުން މުދަލަށް ފައިސާ ދެއްކުމަށް އަދި މުދާ ގެންދިއުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާފައި ނުވާނަމަ ނުވަތަ ތަކެތި ގެންގޮސްފައި ނުވާނަމަ ސެކިއުރިޓީ ޑިޕޮސިޓް މިކޯޕަރޭޝަނަށް ނެގޭނެއެވެ. |
|
|
4.0 |
ނީލަމުގައި އަމަލުކުރާނެ ގޮތުގެ މަޢުލޫމާތު |
4.1 |
ނީލަން ފެށޭނީ ނީލަމުގައި ބައިވެރިވާ ހުރިހާ ފަރާތެއްގެ ހާޒިރުގައި 10 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ޖަހާއިރުއެވެ. |
4.2 |
ނީލަން ކިޔުމުގައި ބައިވެރިވާ ފަރާތްތަކަށް ވަކިވަކި ލޮޓްތަކަށް ނީލަން ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ. |
4.3 |
ނީލަން ކުރިއަށް ގެންދެވޭނީ ނީލަންކުރުމަށް ކުރެވޭ ފުރަތަމަ އިޢުލާނުގެ ދަށުން މަދުވެގެން 3 (ތިނެއް) ބައިވެރިން ހަމަވުމުންނެވެ. ދެވަނަ އިޢުލާނުގައި 2 (ދޭއް) ބައިވެރިން ހަމަވުމުން ނީލަން ފެށިދާނެއެވެ. ތިންވަނަ އިޢުލާނުގައި 1 (އެކެއް) ބައިވެރިން ހަމަވުމުން ނީލަން ފެށިދާނެއެވެ. |
4.4 |
ނީލަން ނިމުމަށްފަހު ނީލަން ކާމިޔާބުކުރި ފަރާތަށް ނީލަން ކާމިޔާބުވިކަމުގެ ލިޔުން ހަވާލު ކުރެވޭނެއެވެ. |
4.5 |
ނީލަން ފަށާފަހުން ހާޒިރުވާ ފަރާތްތަކަށް ބައިވެރި ނުވެވޭނެއެވެ. 01:00 ގެ ފަހުން |
|
|
5.0 |
ނީލަމުން ނަގާ ތަކެއްޗަށް ފައިސާ ދެއްކުން |
5.1 |
ނީލަން ކާމިޔާބުކުރާ ފަރާތަށް ލިޔުމުން އެކަން އަންގާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކަންވާނެއެވެ. މި 48 ގަޑިއިރު ބަލާނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ. އަދި ފައިސާ ދެއްކުމުން ފައިސާ ދެއްކިކަމުގެ ރަޝީދު އެފަރާތާ ހަވާލު ކުރެވޭނެއެވެ. |
5.2 |
ނީލަމުން ނަގާ ތަކެއްޗަށް އިންވޮއިސް ހެދޭނީ ނީލަން ކާމިޔާބުކުރި ފަރާތުގެ ނަމުގައެވެ. އެހެން ފަރާތަކުން ފައިސާ ދެއްކިނަމަވެސް އެފަރާތުގެ ނަމުގައި އިންވޮއިސް ނުހެދޭނެއެވެ. |
5.3 |
ނީލަން ކާމިޔާބުކުރާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް ފައިސާ ދައްކާފައި ނުވާނަމަ، ދެވަނައަށް އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތަކަށް ފުރުސަތު ދިނުމުގެ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
ނީލަން ކާމިޔާބުކުރާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް ފައިސާ ދައްކާފައި ނުވާނަމަ، އެތަކެތި އަލުން ނީލަން ކިއުމުގެ ނުވަތަ ދެވަނައަށް އެންމެ ބޮޑު އަގެއް ހުށައެޅި ފަރާތަކަށް ފުރުސަތު ދިނުމުގެ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
|
5.4 |
5.3 ވަނަ މާއްދާގައިވާ އެހެން ބަޔާންވެފައި ވީނަމަވެސް، ނީލަން ކާމިޔާބު ކުރާ ފަރާތުން ފައިސާ ނުދައްކައިފިނަމަ، އެތަކެތި އަލުން ނީލަން ކިއުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަންއަށް ލިބިގެންވެއެވެ. |
5.5 |
ނީލަމުގައި ވިއްކުމަށް ހަމަޖެހިފައިވާ ތަކެތި ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 20 ދުވަހުގެ ތެރޭގައި ތަކެތި ގެންގޮސް ނިންމަން ވާނެއެވެ. 20 ދުވަސް ބަލާނީ ރަސްމީ ބަންދު ދުވަސްތައް ނުގުނައެވެ. |
5.6 |
ނީލަމުގައި ވިއްކޭ ތަކެތި އަގު ދެވިފައި ވަނީ %8 ޖީ.އެސް.ޓީ ނުހިމަނައެވެ. ވީމާ ތަކެތި ބައްލަވައި ގަންނަފަތާތުން ފައިސާ ދައްކަވާ އިރުގައި %8 ޖީ.އެސް.ޓީ ހިމެނިގެންދާނެއެވެ. |
|
|
6.0 |
ނީލަންވެރިންގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތް |
6.1 |
ނީލަން ކިޔާ ވަގުތުގައި މަސައްކަތައް އުދަގޫވާގޮތަށް އަޑުގަދަކޮށް ވާހަކަ ދައްކާ ހަދައިގެން ނުވާނެއެވެ. މިފަދައިން ޢަމަލުކުރާ ފަރާތްތައް ނީލަމުގައި ބައިވެރިނުކޮށް ނީލަން މާލަމުން ފޮނުވާލުމުގެ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ. |
|
|
7.0 |
ނީލަން ކާމިޔާބުކުރާ ފަރާތުން ތަކެއްޗާއި ޙަވާލުވުމާއި ގެންދިޔުން |
.17 |
ނީލަން ކާމިޔާބުކުރާ ފަރާތުން ނީލަން ނިމުމަށްފަހު، ފައިސާ ދައްކާފައިވާ ތަކެއްޗާއި 48 ގަޑިއިރު ތެރޭގައި ޙަވާލުވެ، ތަކެތި ހުރިތަނުން ގެންދިއުމުގެ އަމަލީ މަސައްކަތް ފަށަންވާނެއެވެ. މި 48 ގަޑިއިރު ބަލާނީ ރަސްމީ ބަންދު ދުވަސްތައް ނުގުނައެވެ. |
7.2 |
ނީލަމާ ގުޅިގެން މިކޯޕަރޭޝަނުން ކުރާ ފުރަތަމަ އިޢުލާނުގައި ބަޔާންކުރާ މުއްދަތު ތެރޭގައި ތަކެތި ގެންގޮސް ނިންމަންވާނެއެވެ. |
7.3 |
ތަކެތި ގެންދިޔުމާއި ތަން ހުސްކުރުމުގެ މަސައްކަތުގެ މުއްދަތު އިތުރުކުރަން ޖެހިދާނެކަމަށް ލަފާކުރެވޭނަމަ، ކުރިން ދެވިފައިވާ މުއްދަތު ހަމަވުމުގެ 3 ދުވަސް ކުރިން އެދެންވާނެއެވެ. |
7.4 |
އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތު މަގުބޫލު އުޒުރެއްނެތި އިތުރުކުރުމުގެ ފުރުސަތަކައް ނޭދެވޭނެއެވެ. |
7.5 |
ނީލަމުގައި ގަންނަ ތަކެތި ގެންދިޔުމުގެ ހުރިހާ ޚަރަދަކަށް ޒިންމާވާނީ ނީލަން ކާމިޔާބުކުރާ ފަރާތްތަކުންނެވެ. |
|
|
8.0 |
ފައިސާ ނުދައްކާ ފަރާތްތަކާއި ތަކެތި ނުގެންދާ ފަރާތްތަކާމެދު ޢަމަލުކުރުމަށް ހަމަޖެހިފައިވާ ގޮތް |
8.1 |
ނީލަން ކާމިޔާބުކުރާ ފަރާތްތަކުގެ ތެރެއިން، ތަކެއްޗަށް ފައިސާ ދެއްކުމަށް ބަޔާންކުރާ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ ފަރާތްތަށް އަދި ފައިސާ ދެއްކުމަށްފަހު ބަޔާންކޮށްފައިވާ ފަދައިން ތަކެތި ނުގެންދަވާ ފަރާތްތަކައް ތިރީގައި މިދަންނަވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ. އަދި އެފަދަ ފަރާތެއްގެ ސަސްޕެންޝަނުގެ މުއްދަތު ހަމަނުވަނީސް މިކޯޕަރޭޝަނުގެ ފަރާތުން ހުޅުވާލާ އެއްވެސް ނީލަމެއްގައި އަދި ބީލަމެއްގައި ބައިވެރި ނުވެވޭނެއެވެ. އަދި މިމުއްދަތުގެ ތެރޭގައި ނީލަމުގެ ތަކެތި ބަހައްޓާފައި ހުންނަ ސަރަޙައްދަކަށް އެފަދަ ފަރާތްތަކަށް ވަނުމުގެ ހުއްދަ ގެއްލިގެން ދާނެއެވެ.
ފިޔަވަޅު އެޅޭ މުއްދަތުތައް: 3،000.00 އިން 10،000.00 ރުފިޔާއާ ދެމެދުގެ އަގު ހިމެނޭ ނީލަމެއްނަމަ 6 މަސްދުވަސް. 10،001.00 އިން 50،000.00 ރުފިޔާއާ ދެމެދުގެ އަގު ހިމެނޭ ނީލަމެއްނަމަ 12 މަސްދުވަސް. 50,001.00 އިން .100,000.00 ރުފިޔާއާ ދެމެދުގެ އަގު ހިމެނޭ ނީލަމެއްނަމަ 18 މަސްދުވަސް. 100,001.00 އިން 300،000.00 ރުފިޔާއާ ދެމެދުގެ އަގު ހިމެނޭ ނީލަމެއްނަމަ 24 މަސްދުވަސް. .300,001.00 ރުފިޔާއަށްވުރެ އިތުރުވާނަމަ މި ކޯޕަރޭޝަނުން ކަންޑައާޅާ މުއްދަތެއް. |
އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިކޯޕަރޭޝަނުގެ 3355345 ނަންބަރު ފޯނާ ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. |