ދިވެހިރާއްޖެ
އިޢުލާން
" ރަންތާޖު " ޤުރްއާން މުބާރާތާއި ބެހޭ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަދި ރާއްޖެ ޓީވީ ގުޅިގެން 1444 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށް " ރަންތާޖު " ގެ ނަމުގައި ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް ހިނގަމުންދާނީ މިދަންނަވާ ގޮތަށެވެ.
މުބާރާތް ހުޅުވާލެވިފައިވާ ޢުމުރުފުރާ
މި މުބާރާތަކީ 16 އަހަރާއި ( 23 މާރިޗު 2023 އަށް 16 އަހަރު ފުރިފައިވުން ) 45 އަހަރާއި ( 23 މާރިޗު 2023 އަށް 46 އަހަރު ފުރިފައި ނުވުން) ދެމެދުގެ ޢުމުރުފުރާގެ، މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަވާ ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.
މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠު
- ދިވެހިރައްޔިތެއްކަމުގައިވުން
- މީގެ ކުރިން ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތެއްގައި ބައިވެރިވެ ވަނައެއް ލިބިފައިވާ ފަރާތެއް ކަމުގައި ނުވުން
- މީގެކުރިން ރާއްޖޭގައި ބޭއްވުނު (އެންމެ އަލިގަދަ ތަރި ) ފަދަ ޤުރްއާން މުބާރާތްތަކުން އެއްވަނަ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން
މުބާރާތުގައި އިންޞާފްކުރޭ ބައިތައް:
- ކީރިތި ޤުރްއާން ބަލައިގެން ކިޔެވުން
- ކީރިތި ޤުރްއާން ނުބަލައި ކިޔެވުން
- ސޫރަތުއް ޟުޙާއިން ތިރީގެ ސޫރަތްތަކުގެ މާނަ
- ޢުލޫމުލް ޤުރްއާނާއި އަސްބާބުއްނުޒޫލްގެ ބައިތައް
- ތަޖުވީދުގެ ބައިތައް
މުބާރާތުގެ މުޤައްރަރު
- ކީރިތި ޤުރްއާން ބަލައިގެން ކިޔެވުން : މުޅިޤުރްއާން
- ކީރިތި ޤުރްއާން ނުބަލައި ކިޔެވުން : 29 ވަނަ ފޮތާއި 30 ވަނަ ފޮތް
- ތަރުޖަމާ: ސޫރަތުއް ޟުޙާ އިން ސޫރަތުއް ނާސް ގެ ނިޔަލަށް ދިވެހި ތަރުޖަމާ
މުބާރާތުގެ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް:
- އައްޑޫ ސިޓީ ( ސ.ހިތަދޫ ) 15 ޖަނަވަރީ 2023
- ފުވައްމުލައް ސިޓީ 17 ޖަނަވަރީ 2023
- ގދ.ތިނަދޫ 20 ޖަނަވަރީ 2023
- ލ.ގަން 24 ޖަނަވަރީ 2023
- ދ.ކުޑަހުވަދޫ 31 ޖަނަވަރީ 2023
- ބ.އޭދަފުށި 03 ފެބުރުވަރީ 2023
- އއ.ރަސްދޫ 07 ފެބުރުވަރީ 2023
- ށ.ފުނަދޫ 10 ފެބުރުވަރީ 2023
- ކުޅުދުއްފުށި ސިޓީ 12 ފެބުރުވަރީ 2023
- މާލެ ސިޓީ 15 ފެބުރުވަރީ 2023
މުބާރާތުގައި ބައިވެރިވުން
މިމުބާރާތުގައި ބައިވެރިވެވޭނީ އެސްއެމްއެސް އެއް މެދުވެރިކޮށެވެ. އެސްއެމްއެސް ކުރައްވާނީ ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށެވެ.
އާރޓީ (ފުރިހަމަ ނަން ، ޢުމުރު، އައިޑީކާރޑް ނަންބަރު އަދި އޮޑިޝަންކުރަން ބޭނުންވާ ރަށް ) ޖައްސަވާފައި 450 މިނަންބަރަށެވެ.
RT ( Full Name, Age , ID Number and selected island for audition) send to 450
އޮޑިޝަނަށް ނަންނޯޓްކުރުމުގެ ފުރުޞަތު:
02 ޖަނަވަރީ 2023 ން 10 ޖަނަވަރީ 2023 ގެ ނިޔަލަށް
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.