ދިވެހިރާއްޖެ
މި ހޮސްޕިޓަލުން ދޭ މަޢުލޫމާތާ އެއްގޮތަށް ޅ. އޮޅުވެލިފުށި ޞިއްޙީމަރުކަޒުގެ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 04 ޑިސެންބަރު 2014 ދުވަހުގެ 14:00 އަށް ޅ. އަތޮޅު ހޮސްޕިޓަލް ނުވަތަ ޅ. އޮޅުވެލިފުށި ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 ޑިސެންބަރު 2014 ދުވަހުގެ 14:00 އަށް މި ހޮސްޕިޓަލަށް ނުވަތަ އޮޅުވެލިފުށި ޞިއްޙީމަރުކަޒަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
ކަނޑައެޅިފައިވާ ގަޑިޔަށް މަޢުލޫމާތު ހޯދުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
ޅ.އޮޅުވެލިފުށި ޞިއްޙީމަރުކަޒުގެ މަރާމާތުގެ މަސައްކަތަށް ބައެއް ބަދަލު ގެނެވިފައިވާތީ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިހޮސްޕިޓަލްގެ ނަންބަރު IUL)LHAH-AH/LHAH/2014/19)ފ(15 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތައް ވަނީ ބާޠިލު ކުރެވިފައެވެ.
05 ޞަފަރު 1436