މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޑްރޯން އެރުވުމުގެ ހުއްދައަށްއެދި ފޯމު ހުށަހެޅުމާގުޅޭ
ޑްރޯން އުދުއްސުމުގެ ހުއްދަ ދިނުމުގައި ސަލާމަތީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ވަގުތު ބޭނުންވާތީ، ޑްރޯން އެރުވުމުގެ ހުއްދައަށް އެދި ފޯމު ހުށަހަޅުއްވާއިރު ޑްރޯން އޮޕަރޭޓްކުރަން ބޭނުންވާ ތާރީޚުގެ މަދުވެގެން ރަސްމީ ތިން ދުވަސް ކުރިން ފޯމު ހުށަހެޅުއްވުމަށް ބޭނުންވެއެވެ. ވީމާ ޑްރޯން އުދުއްސުމުގެ ހުއްދަ އަށް އެދި މި މިނިސްޓްރީއަށް ހުށަހަޅާ ފޯމު އިސްލާޙު ކުރެވި، މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. ވެބްސައިޓުގެ ލިންކު މި އިޢުލާނުގެ ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
- ޑްރޯން އެރުވުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު ލިބެންހުރި ލިންކު:
https://www.gov.mv/dv/organisations/ministry-of-defence
10 ޖުމާދަލްއާޚިރާ 1444
02 ޖަނަވަރީ 2023
ހޯދާ