ދިވެހިރާއްޖެ
2023 ވަނަ އަހަރު ހއ. އަތޮޅު މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.
01 ފެބުރުވަރީ 2023 ން ފެށިގެން އެއްއަހަރު ދުވަހުގެ މުއްދަތަށް މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ ކުރި ނަންބަރު: GS19-C/IUL/2022/47(2022 ޑިސެމްބަރު 25) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ ތިންވަނަ ފަހަރަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ޖަނަވަރީ 03 ން 08އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
https://docs.google.com/forms/d/e/1FAIpQLSdbVF70ZEAHarZi0P085nj8_DJazYRVH8HyUCOfMBZjQeLr3w/viewform
2. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޖަނަވަރީ 08 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
3. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2023 ޖަނަވަރީ 09 ވާ ހޯމަ ދުވަހުގެ 11:30 ގައި މި މަދަރުސާގެ މީޓިންގ ރޫމްގައެވެ.
4. ސަމާލުކަން ދޭންވީ ކަންތައް:
ހ. މި މަސައްކަތަށް ކުރިމަތިލެވޭނީ، ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި، ތަކާއި، ކުންފުނިތަކަށެވެ.
5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
6. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހއ. އަތޮޅު މަދަރުސާ
ހއ. ހޯރަފުށި
ފޯން: 6500048، 6500294
އީ-މެއިލް: [email protected]
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
09 ޖުމާދަލްއާޚިރާ 1444