ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދާންދޫ މަސްޖިދުއްތަރާޙުމް މިސްކިތަށް ވަގުތީ މުދިމަކު ހޯދުމާއިބެހޭ

މަޤާމް :އިމާމް GS3 / މުދިމް GS1
ބޭނުންވާ އަދަދު :1

 ގއ. ދާންދޫ މަސްޖިދުއްތަރާޙުމް މިސްކިތުގެ ވަގުތީ އިމާމް/މުދިމްގެ ގޮތުގައި ތިރީގައި މިދަންނަވާ މަޤާމަށް 12 މަސްދުވަހަގެ މުއްދަތަށް، މީހުން ބޭނުންވެއްޖެއެވެ.

މަޤާމު:

އިމާމް GS3 / މުދިމް GS1

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކު:

އިމާމް GS3 / މުދިމް GS1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަސްޖިދުއްތަރާޙުމް

އުޖޫރަ ހަމަޖެހިފައިވާ ގޮތް:

އިމާމް GS3 ގެ ޝަރުޠު ހަމަވާނަމަ ކޮންމެ ނަމާދުވަގުތަކަށް ލިބޭނީ 61.00ރުފިޔާ

މުދިމް GS1 ގެ ޝަރުޠު ހަމަވާނަމަ ކޮންމެ ނަމާދުވަގުތަކަށް ލިބޭނީ 53.00ރުފިޔާ

  • މިސްކިތުގައި އިމާމް ނުވަތަ މުދިމްގެ މަސްޢޫލިއްޔަތު އަދާކުރާ ދުވަހަކަށާއި އަދި އަދާކުރާ މުއްދަތަކަށް ކޮންމެ ނަމާދު ވަގުތަކަށް މި ރޭޓުން އުޖޫރާ ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ވަގުތު:

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ވަގުތަކީ، ކޮންމެ ނަމާދު ވަގުތަކަށް ގަޑިއެއްގެ އިރު، މި އުޞޫލުން ކޮންމެ ދުވަހަކު 5 ގަޑި އިރު މަސައްކަތް ކުރުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • މިސްކިތެއްގައި އިމާމަކު ނުވަތަ މުދިމަކު ނެތި، ނުވަތަ ހުރި އިމާމު ޗުއްޓީއެއްގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކުގައި މިސްކިތާއި ހަވާލުވެ އިމާމް ނުވަތަ މުދިމްގެ މަސްޢޫލިއްޔަތު އަދާކުރުން
  • ފަރުޟު ފަސްނަމާދާއި އަދި ޖަމާޢަތުގައި ކުރާ އެހެނިހެން ނަމާދުތައް، އެނަމާދެއް ކުރުމުގެ ވަގުތު ޖެހުމުގެ 15 މިނިޓް އިރުގެ ކުރިން މިސްކިތަށް ހާޒިރުވެ މިސްކިތުގެ އިންތިޒާމްތަކާއި މިސްކިތުގެ ސާފުތާހިކަން ހުރި ނެތްގޮތް ބަލައި އެކަން ރަނގަޅު ކުރުވައި އަދި ސައުންޑް ޗެކްކޮށް، މިސްކިތުގައި ވަގުތު ބަންގި ގޮވައި ނަމާދު ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައި، ފަރުޟު ފަސްނަމާދު އިމާމުވެ ޖަމާޢަތުގައި ކުރަމުން ގެންދިއުން.
  • ފަރުޟު ފަސްނަމާދު، ކޮންމެ ނަމާދު ވަގުތު ޖެހުމުގެ ކުރިން ކައުންސިލްގެ އިދާރާއިން ހަވާލުކުރާ މިސްކިތަށްހާޒިރުވެ މިސްކިތުގެ ކަންތައްތައްބަލައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދުގެވަގުތަށް ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުން.
  • ދުވަހު ހާޒިރީގައި ސޮއިކޮށްފައިވަނިކޮށް، ހަމަ އެދުވަހު ކަމެއް ދިމާވެގެން މިސްކިތަށްދިއުމަށް އުޒުރުވެރިވާނަމަ، ނުވަތަ ސަލާމުގެ ޗުއްޓީގައި ހުންނަ ދުވަހެއްނަމަ، އެ ދުވަހުގެ ބާކީ އޮތްބައި ފުރިހަމަކުރުމަށް، ކީރިތި ޤުރްއާން ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ކިޔަވަން ދަންނަ، އަޑުހަރުކޮށް ބަންގިގޮވޭފަދަ ޤާބިލުމީހަކާ، މިސްކިތުގައި އިމާމުވެ ނަމާދުކުރަން ހަވާލުކޮށްފައި، އިދާރާއަށް އެކަން އެންގުން.
  • މިސްކިތު މަސައްކަތު މީހުންގެ މަސައްކަތްތައް ސުޕަވައިޒްކުރުން.
  • މިސްކިތަށް ލިބޭ ގެއްލުންތަކާއި،ދަތިވާ ކަންކަން ކައުންސިލްގެ އިދާރާއަށް ހުށަހަޅައި އެކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރުން.
  • މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުން
  • ކައުންސިލްގެ އިދާރާއިން އަންގައިފިނަމަ ކޭތަނަމާދާއި، ޢީދު ނަމާދާއި، ހުކުރު ނަމާދާއި، ތަރާވީޙް ނަމާދާއި، ކަށުނަމާދު، އިމާމުވެ މިސްކިތުގައި ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން އެނގުން.

މަޤާމުގެ މަސައްކަތުގެ ދާއިރާ:

  • އިމާމް/މުދިމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)  
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެދާއިރާއިންލިބިފައިވާތަޖުރިބާގެލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

50

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

މަސައްކަތުގެ ތަޖުރިބާ

5

އިންޓަވިއު

40

 

 

 

 

މި މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %70

އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ. 

29 ޑިސެންބަރު 2022
ހޯދާ