ދިވެހިރާއްޖެ
އިޢުލާން
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކުގެ ޕްލޭސެޓްތައް ރާވައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2022 ޑިސެމްބަރ 31 ން 2023 ޖެނުއަރީ 8 ވަނަ ދުވަހުގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.office.com/r/Jej9Ct5vyA
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޖެނުއަރީ 8 ވަނަ ދުވަހުގެކުރިން މި އިޢުލާނުގައި ދެވިފައިވާ ނަންބަރު ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
މި ޕްރޮޖެކްޓާއި ގުޅޭ ޕްރީބިޑް މިޓީން 2023 ޖެނުއަރީ 11 ވަނަ ދުވަހުގެ 11:00 ގައި ހޯރަފުށީ ކައުންސިލްގެ ޖަލްސާ ކުރާމާލަމުގައި އޮންނާނެއެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ޖެނުއަރީ 18 ވަނަ ދުވަހުގެ 11:00 ގައި ހޯރަފުށީ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ.
މިޕްރޮޖެކްޓާއި ގުޅޭގޮތުން މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
ޕްރޮކިއުމަންޓް ޔުނިޓް:
- ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލް އިދާރާ
- ހއ. ހޯރަފުށި
- ފޯން: 6500012
- އީމެއިލް: [email protected]
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
8 ޖުމާދަލްއާޚިރާ 1444