ދިވެހިރާއްޖެ
އިޢުލާން ހެނބަދޫ ކައުންސިލުން ތަރައްޤީކުރަމުންދާ މަލްޓިޕާޕޯސް ކޯޓުގައި ސަބްބޭސް ހެދުމާއި ޓާފްއެޅުމުގެ މަސައްކަތާއި ގުޅޭ ނ.ހެނބަދޫ ކައުންސިލް އިއުލާން ނަންބަރ (IUL)285-B/285/2022/66 އާއި ގުޅިގެން އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައި ނުވާތީ އެ އިއުލާން ބާޠިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، ހެނބަދޫ ކައުންސިލުން ތަރައްޤީކުރަމުންދާ މަލްޓިޕާޕޯސް ކޯޓުގައި ސަބްބޭސް ހެދުމާއި ޓާފްއެޅުމުގެ މަސައްކަތް ކޮށްދެން ޝައުގުވެރިވާ ފަރާތްތަކުން 02 ޖަނަވަރީ 2023 އިން 09 ޖަނަވަރީ 2023 އަށް ބަންދުނޫން ކޮންމެދުވަހެއްގެ 8:00 އިން 14:00އަށް މިއިދާރާއަށް ދުރުވެ ނުވަތަ މެއިލް މެދުވެރިކޮށް ބީލަންރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. ޕްރީބިޑްމީޓިންގ އޮންނާނީ 10 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ ކޮންފަރެސް ހޯލުގައެވެ. މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 15 ޖަނަވަރީ 2023 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ބީލަންފޮތުގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. އަދި 19 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ހެނބަދޫ ކައުންސިލް އިދާރާގެ ކޮންފޮރެންސް ހޯލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. ބީލަން ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ - ފޯން : 6560018 - އީމެއިލް: [email protected]
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 08 ޖުމާދިލްއާޚިރް 1444 31 ޑިސެންބަރ 2022
|