މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު : ޕްރީސުކޫލް ޓީޗަރ

އިޢުލާނު

މަޤާމު:

ޕްރީސްކޫލް ޓީޗަރ

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކު:

-

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނ.މާފަރު ޕްރީސްކޫލް / ނ.މާފަރު ، ދިވެހިރާއްޖެ

މުސާރަ:

4500/- (ހަތަރުހާސް ފަސް ސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

-/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ)

އެހެނިހެން އެލަވަންސް:

  1. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  2. ހަމަޖެހިފައިވާ އުސޫލުން މިނިމަމްވޭޖް އެލަވަންސް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޮންމެ ދުވަހެއްގެ ޓައިމްޓޭބަލް ކުރެވިފައިވާ ގަޑިތައް ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިން ކިޔަވައިދިނުން.
  2. ޕްރީސުކޫލް ހިންގުމުގައި އިދާރީގޮތުން ދޭންޖެހޭ އެންމެހާ އެހީތެރިކަން ފޯރުކޮށްދިނުން.
  3. ފިލާވަޅުގެ މަޤުސަދު ހާސިލުކުރުމަށްޓަކައި ބޭނުންވާނެ މައުލޫމާތު ހޯދުމާއި ކިޔަވައިދިނުމުގެ އެހީ ތައްޔާރުކޮށް ބޭނުންކުރުން.
  4. ކިޔަވައިދޭ މާއްދާގެ ހުރިހާ ދަރިވަރުންގެ ފޮތްތައް އަދި ވޯރކްޝީޓްތައް މާރކްކުރުން.
  5. ކިޔަވައިދޭ ކޮންމެ ގަޑިއެއްގައި ކިޔަވައިދެވުނު މިންވަރު ރެކޯޑްކުރުން.
  6. ކޮންމެ ސެމިސްޓަރ އެއްގެ ވެސް މުޤައްރަރުން ހާސިލްކުރުމަށް ކަނޑައެޅިފައިވާ މިންވަރު ހާސިލްކުރުމަށް މަސައްކަތް ކުރުމާއެކު އެކަން ކަށަވަރު ކުރުން.
  7. ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ ގޮތުން ނެގޭ ކްލާސްޓެސްޓް، ޔުނިޓް ޓެސްޓް އަދި ސެމިސްޓަރ ޓެސްޓްނަގާ މާރކްކޮށް ނަތީޖާ އެނަލައިޒްކޮށް އަޅަންޖެހޭ އެންމެހާ ފިޔަވަޅު އަޅަމުން ގެންދިއުން.
  8. ކުދިންނަށް ކިޔަވައި ދިނުމަށްޓަކައި އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ޚާލަތްތަކުގައި ކަނޑައަޅާ އުޞޫލާ އެއްގޮތަށް އިތުރުގަޑީގެ މަސައްކަތް ކުރުން.
  9. ދަރިވަރުންގެ ފަރާތުން ދިމާވާ ތަފާތު އަޚްލާޤީ މައްސަލަތަކުގައި ޑިސިޕްލިން ގައިޑްލައިނާއި އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އަޅަމުން ގެންދިއުން.
  10. ކިޔަވައި ދިނުމަށް ބޭނުންވާ އެންމެހާ ކަންކަން ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން ކަނޑައަޅާ ތާރީޚަކަށް ތައްޔާރުކޮށް ނިންމާ އެކަންކަން އަމަލީ ގޮތުން ތަންފީޛުކުރަމުން ގެންދިއުން.
  11. ދަރިވަރުންނާ ޙަވާލުކުރެވޭ މަސައްކަތްތައް ދުވަހުންދުވަހަށް ނިންމަމުންދޭތޯ ކަށަވަރުކުރުން.
  12. ދަރިވަރުންގެ ބެލެނިވެރިންނާއެކު ގާތްގުޅުމެއް ބޭއްވުން.
  13. އަމިއްލަ ކުރިއެރުމަށާއި ޓީޗިންގ ޕްރޮފެޝަން ދެމެހެއްޓުމަށް މަސައްކަތް ކުރުން.
  14. ސުކޫލުގައާއި ސުކޫލުން ބޭރުގައި ދަރިވަރުންނަށް ރިވެތި ނަމޫނާއަކަށް ވުން.

ޕްރީސުކޫލް ޓީޗަރެއްގެ ހައިސިއްޔަތު:

 

  1. ސެޝަން ފެށޭ ގަޑީގައި ދަރިވަރުން ދިއުމުގެ ކުރިން ކުލާހަށް ދިއުން.
  2. ބެލެނިވެރިންގެ ބައްދަލުވުންތައް އިންތިޒާމްކޮށް، ފޯރުކޮށްދޭންޖެހޭ މައުލޫމާތު ބަރާބަރަށް ފޯރުކޮށްދިނުން.
  3. ކޮންމެ ދުވަހެއްގެ ފުރަތަމަ ގަޑީގައި ދަރިވަރުންގެ ޔުނީފޯމްކޯޑް ރަނގަޅަށް ހުރިތޯ ޗެކްކޮށްލުން.
  4. ކުލާސް ރެކޯޑްފޮތްތައް ބެލެހެއްޓުން.
  5. ކުލާހުގެ ދަރިވަރުންގެ ރިޕޯޓް ފޮތްތައް ބެލެހެއްޓުން.
  6. ސުކޫލުން ކަނޑައަޅާ ގޮތެއްގެ މަތީން ޓާރމް ބްރޭކް ރިޕޯޓާއި، ސެމިސްޓަރ ރިޕޯޓް ތައްޔާރުކުރުން.
  7. ބައިނަލް އަޤްވާމީ އަދި ޤައުމީ ފެންވަރުގެ ދުވަސްތައް ފާހަގަކުރުން.

އެހެނިހެން:

  1. ވަޒީފާގެ މަސްއޫލިއްޔަތުގައި ކަނޑައެޅިފައިވާ ކަންތައްތަކުގެ އިތުރުން ވެރިޔަކު ރަސްމީ ކަމެއް ޙަވާލުކުރުމަށް ޖެހިއްޖެ ހިނދެއްގައި ޙަވާލުކުރައްވާ މަސައްކަތެއް ވީއެންމެ ފުރިހަމައަށް ކުރުން.
  2. ދިވެހި ސިވިލް ސަރވިސްގެ ސުލޫކީ މިންގަނޑު (ކޯޑް އޮފް ކޮންޑަކްޓް) ގައި ބަޔާންކޮށްފައިވާ އެންމެހާ ކަންތައްތައް ފުރިހަމައަށް އެނގި އެގޮތަށް އަމަލުކުރުމާއި ހެދިފައިވާ ޤަވާއިދުތަކަށް އަމަލުކުރުން.

 

މަޤާމުގެ ޝަރުޠުތައް:

ޖީސީއީ އޯލެވެލް ނިންމާފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

30%

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5%

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

އިމްތިޙާން

25%

އިންޓަރވިއު

35%

 

ނޯޓް: ލިބުނު ޕޮއިންޓްގެ ޖުމްލަ %70 (ހަތްދިހަ އިންސައްތަ) އަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ޖެނުއަރީ 2023 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން)  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 09 – 12 ޖެނުއަރީ 2023 އާދެމެދު، ނ.މާފަރު ކައުންސިލްގެ އިދާރާގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560005 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

29 ޑިސެންބަރު 2022
ހޯދާ