އިދާރީ މަރުކަޒަށް އެސިސްޓަންޓް ރެޖިސްޓްރަރއެއް ބޭނުންވެއްޖެ
މަޤާމް: އެސިސްޓަންޓް ރެޖިސްޓްރަރ (ސްޓޫޑަންޓް އިންފޮމޭޝަން ސިސްޓަމް)
މަޤާމުގެ ކްލެސިފިކޭޝަން: އިދާރީ
ބޭނުންވާ ޢަދަދު: 1
މަސައްކަތް ކުރަން ޖެހޭތަން: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
ސެކްޝަން/ޑިޕާޓްމަންޓް: ސްޓޫޑަންޓް އެޑްމިނިސްޓްރޭޓިވް ސަރވިސަސް
ވަޒީފާގެ ބާވަތް: ދާއިމީ
ލިބޭ އުޖޫރައާއި އެހެނިހެން އިނާޔަތްތައް:
- މުވައްޒަފަށް ލިބޭ މުސާރަ އާއި އެލަވަންސް ގެ ޖުމްލަ: -/18،125 ރުފިޔާ އާއި -/22،421 ރުފިޔާ އާ ދެމެދު. (މުވައްޒަފަށް ދެވޭނޭ މުސާރައާއި ސާރވިސް އެލަވަންސް ކަނޑައަޅާނީ ތަޖުރިބާ އާއި ހުނަރަށް ބަލައި އުޖޫރަދެވޭ ސްޕައިން ޕޮއިންޓް ގެ އޮނިގަނޑުންނެވެ).
- މަސައްކަތު ގަޑީގެ އިތުރުން އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
- ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
ތަޢުލީމީ ޝަރުތުތައް:
- ކޮމްޕިއުޓަރ ސައިންސް / ސޮފްޓްވެއަރ އިންޖިނިއަރިންގ / އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައި އޮތުމާއެކު ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.
ތަޖުރިބާ:
- ވެބް ބޭސްޑް އެޕްލިކޭޝަންތައް ހެދުމާއި، ޑޭޓާބޭސް މެނޭޖްމަންޓް އަދި ވެބް ޑިޒައިނިންގެ ތަޖުރިބާ ހުރުން. ފުލްސްޓެކް ޑިވެލޮޕްކުރުމުގެ ތަޖުރިބާ ހުރުން.
ވަޒީފާގެ މަސްޢޫލިއްޔަތުތައް:
- ކޯސްތަކާއި ދަރިވަރުންގެ މަޢުލޫމާތު ބަލަހައްޓާ ނިޒާމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އިސްނެގުން. މިކަމުގެ ތެރޭގައި ސިސްޓަމް ޑިޒައިން ކުރުމާއި، ސެޓަޕްތައް ހެދުމާއި، ޕްރޮސަސްތައް ހިންގުމާއި، ބެކަޕް މަސައްކަތްތައް ކުރުމާއި ޑޮކިޔުމެންޓް ކުރުމާއި އަޕްޑޭޓްކުރުން ހިމެނެއެވެ.
- ޔުނިވަރސިޓީގެ ކޮމިއުނިޓީއަށް، ދަރިވަރުންގެ މަޢުލޫމާތު ބަލަހައްޓާ ނިޒާމާބެހޭ ކަންކަމުގައި ރިސޯސްއެއްގެ ގޮތުން ޚިދުމަތް ކުރުން. މިކަންކަމުގެ ތެރޭގައި ރިޕޯޓްތައް ޖެނެރޭޓްކުރުމާއި، ރެވެނިޔު، ސްޓޫޑަންޓް ސަޕޯރޓް، އިގްޒާމް ޑިޕާރޓްމަންޓް، ފެކަލްޓީ ފަދަ ތަންތަނަށް ބޭނުންވާ ރިޕޯޓް ނެގޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.
- ދަރިވަރުންގެ މަޢުލޫމާތު ބަލަހައްޓާ ނިޒާމު ގަވާއިދުން އަޕްޑޭޓްކޮށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް ގެނެވޭ ބަދަލުތައް ގެނެސް، މުޢާމަލާތު ކުރަންޖެހޭ ފަރާތްތަކާ ގުޅުން. އަދި ސިސްޓަމް ވެންޑަރ އާއި މުޢާމަލާތުކޮށްގެން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވެންޑަރއާއި މުޢާމަލާތުކުރުން.
- ޔުނިވަރސިޓީގެ އެކަޑެމިކް ސްޓާފުންނާ ގުޅުންހުރި އިދާރީ މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ދިނުމުގައި އިސްނަގައި ތަމްރީން ޕްރޮގްރާމް ރާވައި ހިންގުން.
- ދަރިވަރުންގެ އިދާރީ ޚިދުމަތްތަކާބެހޭ ބައިގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ފަންނީ ތަމްރީނު ދިނުމާއި، ތަމްރީނުތައް ރާވައި ހިންގުން.
- ދަސްވެނިވާ ދަރިވަރުން ދުރާލާ ދެނެގަނެ، އެ ދަރިވަރުންގެ ޓްރާންސްކްރިޕްޓްތައް ޕްރޮސަސްކޮށް ރިޕޯޓް އެކުލަވާލުން.
- ޔުނިވަރސިޓީގެ ވެބްސައިޓުގައި ދަރިވަރުންގެ އިދާރީ ޚިދުމަތްތަކާބެހޭ ބައެއް ގާއިމުކޮށް ޤަވާއިދުން އަޕްޑޭޓްކުރުވޭނެ އިންތިޒާމް ހަމަޖެއްސައި އަދި އަޕްޑޭޓްކުރުން. އަދި އަބަދުމެ ތަރައްޤީކުރުން.
- ޔުނިވަރސިޓީގެ ކޯސްތަކާބެހޭ މަޢުލޫމާތު ޝައުޤުވެރިވާގޮތަށް ވެބްސައިޓުގައި ފެންނަގޮތް ހެދުމާއި، ޤަވާޢިދުން އަޕްޑޭޓް ކުރުން.
- ދަރިވަރުންނަށް ދެވޭ ޚިދުމަތްތަކަށް ފަސޭހަ ކަމާއިއެކު އެދެވޭނެ ގޮތަށް ތަރައްޤީކޮށް ޚިދުމަތްތައް އޮންލައިންކުރުން. މިގޮތުން ދަރިވަރުންގެ ޚާއްޞަ ޕޯޓަލްއެއް ޑިޒައިންކޮށް ޑިވެލޮޕްކުރުމާއި، ދަރިވަރުން އަމިއްލައަށް ޕްލޭސްމަންޓް ލެޓަރ، ޕޭމަންޓް ރިސީޕްޓް ފަދަ މުހިއްމު ލިޔުންތަކަށް އެދެވި އަދި ނެގޭނެ އިންތިޒާމު ހަމަޖެއްސުން.
- ދަރިވަރުންގެ އިދާރީ ޚިދުމަތްތަކާބެހޭ ބައިގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް އުފައްދަންޖެހޭ ސިޔާސަތުތަކާއި، މަސައްކަތުގެ އުސޫލުތައް ކަނޑައަޅައި ތަރައްޤީކުރުމުގައި ރެޖިސްޓްރާރއަށް އެހީތެރިވެދިނުން.
- އަހަރީ ރިޕޯޓާއި، ތަފާސް ހިސާބުބަލަހައްޓާ ޤައުމީ މުއައްސަސާތަކަށް ބޭނުންވާ މަޢުލޫމާތުތައް ޗާޕްކުރެވޭ ފެންވަރަށް ހުށަހެޅުން.
- ދިމާވާ ޙާލަތްތަކަކާ ގުޅިގެން، ރެޖިސްޓްރަރ އަންގާ ގޮތެއްގެ މަތީން، އެސިސްޓަންޓް ރެޖިސްޓްރަރ، ޖެނެރަލްގެ މަސްއޫލިއްޔަތުތައް ކުރުމުއްދަތަކަށް އަދާކުރުން.
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް: 2022 ޖަނަވަރީ 17 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް.
https://tinyurl.com/MNUHR-2022-333
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ސޮފްޓްވެއަރ ޑިވެލޮޕްމަންޓް/ވެބް ޑިވެލޮޕްމަންޓް/ ފުލް ސްޓަކް ޑިވެލޮޕްމަންޓް ތަޖްރިބާގެ ޕޯރޓްފޯލިއޯ (ހުށަހަޅަން އެދެވިގެންވޭ)
- ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު). ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓިފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
** ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.
ނޯޓް:
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- މި މަޤާމަށް މީހަކު އައްޔަންކުރުމުގައި ޢަމަލުކުރެވޭނީ ޔުނިވަރސިޓީގެ ކައުންސިލުން ފާސްކުރާ ސިޔާސަތުތަކާއި އުޞޫލުތަކާ އެއްގޮތަށެވެ.
- މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345136 ނަންބަރު ފޯނާއެވެ.
|