މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޓެކްސީ ކިޔޫގެ އުސޫލާ ޚިލާފަށް ދަތުރުތައް ކުރުމާބެހޭ

             ޓެކްސީ ކިޔޫގެ ގޮތުގައި ޚާއްސަ ކޮށްފައިވާ ސަރަޙައްދުގައި ޓެކްސީ ދުއްވާ ބައެއް ފަރާތްތަކުން ޓެކްސީ ކިޔޫގެ އުސޫލާ ޚިލާފަށް ދަތުރުތައް ކުރާކަމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފައެވެ. މިގޮތުން ކިޔޫ ތަރުތީބުން ނޫންގޮތަށް ދަތުރު ނެގުމާ، ޑަބަލް ކިޔޫ ހެދުމާ، ދާގީނާ ނެތް ފަސިންޖަރެއްނަމަ ދަތުރުކޮށް ނުދިނުމާ، ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގު ނެގުން އަދި ޓެކްސީ ކިޔޫ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް ޕާކުކުރުން ވަނީ ވަރަށް ބޮޑަށް ޢާންމުވެފައެވެ.

             ވީމާ، އިސްވެ ދެންނެވި ގޮތަށް ޢަމަލުކުރާ ޑްރައިވަރުން އަދި އެފަދަ އުޅަނދުތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

              17 ރަޖަބު     1434

27 މޭ 2013
ހޯދާ