ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
ބިލެތްފަހީ ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިއުލާން    

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މިސުކޫލުގެ ނަމްބަރ IUL)GS-103/GS-103/2022/14) އިއުލާނަށް އެއްވެސް ފަރާތަކުން ބިޑް ހުށައަޅާފައިނުވާތީ، ކޮންޓްރެކްޓް އުސޫލުން މީލާދީ 1 ( އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުޞަތު، ދެވަނަ ފަހަރަށް ހުޅުވާލަމެވެ.
  2.  ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.
  3. މި ޕްރޮޖެކްޓްގައި  ރަޖިސްޓްރީ ކުރުމަށް  2022 ޑިސެމްބަރ 28 ން 2023 ޖެނުއަރީ 03 އަށް ސްކޫލުގެ އީމެއިލް [email protected]  އަށް މެއިލްކޮށްގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކުރާއިރު ބޭނުންވާ މަޢުލޫމާތު ބީލަން ފޮތުގައި ވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޖެނުއަރީ 03 ގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ޖެނުއަރީ 04 ވާ ބުދަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.
  6. ބީލަން ހުޅުވުން އޮންނާނީ 09 ޖެނުއަރީ 2023 ވާ ހޯމަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.
  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. 

                ބިލެތްފަހީ ސްކޫލް / ށ.ބިލެތްފަހި

                   ފޯން: 6540580

                 އީ-މެއިލް: [email protected]

                                      05 ޖުމާދަލްއާޚިރާ 1444

                                      28  ޑިސެމްބަރ 2022

28 ޑިސެންބަރު 2022
ހޯދާ